މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
12 މެއި 2025
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
މި މައްސަލާގައި "އަހާ" ފޯރަމްގައި މިނިސްޓަރަށް އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މި މައްސަލާގައި ސޯޝަލް މީޑިއާގައި ފުރަތަމަ ވެސް ވާހަކަ ދެކެވުނީ ވަރަށް ގޯސްކޮށް ކަމަށެވެ.
ހަގީގަތެއް ނެތް ގޮތަށް ވާހަކަ ދެކެވެމުން ވަރަށް ކަންބޮޑުވި ކަމަށާއި މައްސަލައިގެ ފުނަށް ގޮސް ފުލުހުން ބެލި ބެލުމުންނާއި ފެންނަން ހުރި ފުޓޭޖުތަކުން އަންހެން ކުއްޖާ ރޭޕްކޮށް، ވައްޓާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުނީ ދޮގު ވާހަކަތަކެއްކަން ހާމަވި ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ ހިސާބުން ފެށިގެން އެއްވެސް ތަހުގީގެއްގައި ރައްޔިތުންނަށް މައުލޫމާތު ނުދޭހާ އަވަހަށް މައުލޫމާތު ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ފުލުހުން އަމަލުކުރަނީ ކަނޑައަޅާފައި ހުރި ގަވައިދުތަކުގެ ތެރެއިން ކަމަށާއި ފުުލުހުންގެ މައްސަލަތައް ބެލުމަށް ހުރި އިދާރާތަކުން ވެސް މިހާތަނަށް ފުލުހުންގެ މައްސަލައެއް އުޅޭ ކަމަށް ފާހަގަކޮށްފައިނުވާ ކަމަށެވެ.
"ފުލުހުން މި މައްސަލާގައި އަމަލުކުރި ގޮތުގެ ގޯހެއް އަޅުގަނޑުމެންނާ ހިސާބަކަށް ފާހަގަވެފައެއް ނެތް. އެފަދަ ކަމެއް އަންނަ ދުވަހަކުން އަޅުގަނޑުމެން އެފަދަ ކަމެއް ބަލާނަން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން މިހެން ވިދާޅުވިއިރު، އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަސް މެންބަރުންގެ ކޮމިޝަނެއް އެކުލަވާލީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވެގެންނެވެ.
އާއިލާ އާއި އާންމުން ވެސް ވަނީ ފުލުހުން މި މައްސަލާގައި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތު އެންމެ ފުރަތަމަ އަމާޒުވީ މައްސަލާގައި ހިމެނޭ އެހެން މީހުންގެ ވަނަވަރު އާންމުނުކޮށް، ޔުމްނުގެ ވަނަވަރު އެކަނި ފުރަތަމަ އާންމުކުރުމުންނެވެ.
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ވެސް ތުުހުމަތުކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާ އާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ވެސް ހައްޔަރުކުރީ އެ ހާދިސާއަށް ހަފުތާއެއްހާ ދުވަސް ފަހުން މިދިޔަ މަހުގެ 24 ގަ އެވެ. އެކަމާ ގުޅިގެން ފުުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ. ތަހުގީގުގެ ބޭނުމަށް ފުރަތަމަ ކޯޓުން ދިނީ ފަސް ދުވަހުގެ ބަދެކެވެ. އެ މުއްދަތު ހަމަވުމުން 10 ދުވަސް އަދި އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިތުރު ފަސް ދުވަހަށް އުމުރުން 21 އަހަރުގެ ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓަން ކޯޓުން ހުއްދަ ދީފަ އެވެ.
ފުލުހުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ޔުމްނުގެ މައްސަލާގައި ޒުވާނުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ޔުމްނުގެ މައްސަލާގައި މިނިސްޓަރާ ސުވާލުކުރަން މަޖިލީހަށް
"ނަޒާހަތްތެރިކަން ވިއްކާ ނުލައި ކަރާމާތް ދަމަހައްޓާ"
ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ: ޕޮލިސް
ޔުމްނު މައްސަލަ:ރިޔާސީ ކޮމިޝަން އުވާލައްވައިފި
މަހްޒޫމާއި ޝިމަންއަށް ނަސޭހަތުގެ އެއްބަސްވުމުގެ ފުރުސަތު
ޒުވާނުންގެ މުޒާހަރާއާ ގުޅިގެން ދެ މީހުންނަށް ދައުވާ
ދާއޫދު ކޮމިޝަނަށް ދިނީ ދޮގު ބަޔާނެއް
ޔުމްނުގެ ތަހުގީގުގައި ފުލުހުން ފަރުވާކުޑަ: ކޮމިޝަން
މަސްތުގެ ހާލަތުގައި ހިނގިކަންކަމުގެ ޒިންމާ ނަގަންޖެހޭނެ
"އަމީން ސީޕީއަށް ގުޅިޔަސް ތަހުގީގަށް އަސަރެއް ނުކުރޭ"