މެޑްރިޑް (މެއި 12) - އަންނަ މަހު އެމެރިކާގައި ފަށާ ކްލަބް ވޯލްޑް ކަޕަށް ރެއާލް މެޑްރިޑް ތައްޔާރުވާނީ އާ ކޯޗު ޒަބީ އޮލޮންސޯ އާ އެކު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
މެޑްރިޑް (މެއި 12) - އަންނަ މަހު އެމެރިކާގައި ފަށާ ކްލަބް ވޯލްޑް ކަޕަށް ރެއާލް މެޑްރިޑް ތައްޔާރުވާނީ އާ ކޯޗު ޒަބީ އޮލޮންސޯ އާ އެކު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޖޫން 1 އިން ފެށިގެން ރެއާލް އާއެކު އޮލޮންސޯގެ މަސައްކަތް ފަށާނެ އެވެ. ރެއާލް މެޑްރިޑުން ވަނީ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ މި ސީޒަނަށް ފަހު، އަންނަ މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ ކުރިން ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތު ދީފަ އެވެ.
އަންޗެލޮޓީ އެންމެ ފަހުން ރެއާލް މެޑްރިޑާ ހަވާލުވީ 2021 ވަނަ އަހަރެވެ. އޭނާ ވަނީ ދެ ފަހަރު މަތިން ރެއާލާ އެކު ތިން ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.
ރެއާލަށް 2009 އިން 2014 އަށް ފަސް ސީޒަން ކުޅެދިން އޮލޮންސޯ ވަނީ މި ސީޒަނަށް ފަހު އޭނާ މިހާރު ހަވާލުވެ ހުރި ބެޔާ ލެވަކޫސަން ދޫކޮށްލާނެކަން ހާމަ ކޮށްފަ އެވެ. ލެވަކޫސަންގެ ފަހު މެޗަކަށް ވާނީ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ލީގުގެ ފަހު މެޗެވެ.
މިދިޔަ ސީޒަންގައި އޮލޮންސޯ އާއެކު ލެވަކޫސަން ވަނީ މެޗަކުން ބަލި ނުވެ ބުންޑެސްލިގާ ކާމިޔާބު ކޮށްފަ އެވެ. އޭނާގެ ކޯޗިންގެ ފުރަތަމަ އަހަރު ބުންޑެސްލިގާގެ އިތުރުން ޖަރުމަން ކަޕް ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. މި ސީޒަންގައި އެ ޓީމަށް ވަނީ ދެވަނަ ލިބިފަ އެވެ.
މި ސީޒަންގައި ޑޮމެސްޓިކް ދެ ފައިނަލުން ބަލިވެ، ލީގުގައި ވެސް އެންމެ ފަހުން ވާދަވެރި ބާސެލޯނާ އަތުން ބަލިވެގެން ރެއާލަށް މި ސީޒަންގައި ތައްޓެއް ލިބުމުގެ ފުރުސަތު ކުޑަ ވެފައި ވާއިރު، އެ ޓީމުން އަންނަނީ މި އަހަރު ބޮޑެތި ބަދަލުތަކާ އެކު ފަށާ ކްލަބް ވޯލްޑް ކަޕަށް ބޮޑު ސަމާލުކަމެއް ދީގެން ތައްޔާރު ވަމުންނެވެ.
އެގޮތުން ކްލަބް ވޯލްޑް ކަޕްގެ ކުރިން ރެއާލް އަންނަނީ ލިވަޕޫލްގެ ޓްރެންޓް އެލެކްޒެންޑަ އާނޯލްޑް ސޮއި ކުރުވުމުގެ ކަންކަން ފުރިހަމަ ކުރަން މަސައްކަތް ކުރަމުންނެވެ. އަދި މިޑްފީލްޑަރު ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިއެއް ވެސް ރެއާލުން ބޭނުން ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މީޑީއާތަކުން ރިޕޯޓް ކުރި ނަމަވެސް ރެއާލް މެޑްރިޑުން، މިހާތަނަށް އަންޗެލޮޓީ ކްލަބް ދޫކޮށްލާ ކަން އަދި އޮލޮންސޯ ޓީމާ ހަވާލުވާކަން ވެސް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެ އެވެ.
ރެއާލްއާ ހަވާލުވާ އަލޮންސޯއަށް އަންޗެލޮޓީގެ ތައުަރީފު
އަންޗެލޮޓީ؛ 100 އަހަރަށްފަހު ބްރެޒިލަށް ބޭރު ކޯޗެއް
ބްރެޒިލަށް އަންޗެލޮޓީ ދޫކޮށްލަން ރެއާލުން އެއްބަސް
އަލޮންސޯ ޓީމު ދޫކޮށްލާތީ ލެވަކޫސަންގެ ރާޑަރު ޓެންހާގަށް
"ރެއާލުން އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް"
"72 ގަޑިއިރު ނުލިބި ރެއާލުން ދެން ނުކުޅޭނަން"
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ޑިފެންސް ކުއްލި ހާލަތުގައި އޮވެ ރެއާލުން ކްލެސިކޯއަކަށް
އިމަޖެންސީގައި ރެއާލަށް އެހީވީ ޒުވާން ކުޅުންތެރިން
ސިޓީއާ ދެކޮޅަށް ކުޅެން އަންޗެލޮޓީ ބިރުގަނޭ