ސްޕެއިނުގެ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީ ޓެކްސް އަށް މަކަރުހެދިކަން ސާބިތުވެ ސްޕެއިން ކޯޓަކުން އޭނާ އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ސްޕެއިނުގެ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީ ޓެކްސް އަށް މަކަރުހެދިކަން ސާބިތުވެ ސްޕެއިން ކޯޓަކުން އޭނާ އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އެކަމަކު މި އަދަބު ތަންފީޒުކުރާނެ ކަމަކަށް ނުބެލެވެ އެވެ. އަލަށް ކުށެއް ސާބިތުވާ މީހުންގެ ތެރެއިން ދެ އަހަރަށް ވުރެ ކުޑަ ހުކުމެއް އަންނަ މީހުންގެ ހުކުމް ތަންފީޒުކުރުމަކީ ސްޕެއިނުގައި ވަރަށް ނާދިރު ކަމެކެވެ.
މިދިޔަ ސީޒަނަށް ފަހު ރެއާލުން ވަކިވެ އަންޗެލޮޓީ މިހާރު މަސައްކަތްކުރަނީ ބްރެޒިލް ގައުމީ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ.
އިޓަލީ އަށް އުފަން އަންޗެލޮޓީގެ މައްޗަށް ސާބިތުވީ އޭނާ 2013-2015 އަށް ރެއާލަށް ކޯޗުކޮށްދިންއިރު، އިމޭޖް ރައިޓްސް ވިއްކައިގެން ލިބުނު އާމްދަނީން ޓެކްސް ނުދެއްކި މައްސަލަ އެވެ. ޕްރޮސެކިއުޓަރުން ތުހުމަތުކުރި ގޮތުގައި އަންޗެލޮޓީ ވަނީ ކަރުދާސް ކުންފުނިތަކެއް މެދުވެރިކޮށް އެ އާމްދަނީ ފޮރުވައިފަ އެވެ. އެގޮތުން ޑިކްލެއާނުކުރާ އެ އާމްދަނީގެ ސަބަބުން ސްޕެއިނުގެ ޓެކްސް އިދާރާ އަށް މިލިއަނެއް ރުފިޔާ އޭނާ ނުދައްކާ އޮތް ކަމަށެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަންޗެލޮޓީ ކޯޓުގައި ބުނީ ޓެކްސް އަށް މަކަރުހަދަން ގަސްދުގައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
ރެއާލުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާގެ ކުރީގެ ފޯވާޑް ލިއޮނަލް މެސީ އަށް ވެސް ސްޕެއިނުގެ ކޯޓުތަކުން ވަނީ މިފަދަ މައްސަލަތަކުގައި އަދަބު ދީފަ އެވެ.
އަންޗެލޮޓީ؛ 100 އަހަރަށްފަހު ބްރެޒިލަށް ބޭރު ކޯޗެއް
ރެއާލް ކްލަބް ވޯލްޑް ކަޕަށް ދާނީ އޮލޮންސޯއާ އެކު
ރެއާލްއާ ހަވާލުވާ އަލޮންސޯއަށް އަންޗެލޮޓީގެ ތައުަރީފު
ބްރެޒިލަށް އަންޗެލޮޓީ ދޫކޮށްލަން ރެއާލުން އެއްބަސް
"ރެއާލުން އެހެން ކޯޗަކު ހޯދިޔަސް މައްސަލައެއް ނެތް"
"72 ގަޑިއިރު ނުލިބި ރެއާލުން ދެން ނުކުޅޭނަން"
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ޑިފެންސް ކުއްލި ހާލަތުގައި އޮވެ ރެއާލުން ކްލެސިކޯއަކަށް
އިމަޖެންސީގައި ރެއާލަށް އެހީވީ ޒުވާން ކުޅުންތެރިން
ސިޓީއާ ދެކޮޅަށް ކުޅެން އަންޗެލޮޓީ ބިރުގަނޭ