މަޔާމީ (ޖޫން 19) - ރެއާލް މެޑްރިޑްގެ ކޯޗުކަމާ އަކަށް ހަވާލުވި ޒަބީ އޮލޮންސޯގެ ފުރަތަމަ މެޗުގައި، ފީފާ ކްލަބް ވޯލްޑް ކަޕުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލާ ވާދަކޮށް 1-1 އިން އެއްވަރު ވެއްޖެ އެވެ.
މަޔާމީ (ޖޫން 19) - ރެއާލް މެޑްރިޑްގެ ކޯޗުކަމާ އަކަށް ހަވާލުވި ޒަބީ އޮލޮންސޯގެ ފުރަތަމަ މެޗުގައި، ފީފާ ކްލަބް ވޯލްޑް ކަޕުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލާ ވާދަކޮށް 1-1 އިން އެއްވަރު ވެއްޖެ އެވެ.
ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު ކްލަބް ވޯލްޑް ކަޕް މެޗުގެ ފުރަތަމަ ހާފުގައި އަލް ހިލާލުން ވަނީ ރެއާލް މެޑްރިޑާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް ވެސް ހޯދައިފަ އެވެ.
މެޗުގެ 34 ވަނަ މިނިޓުގައި ގޮންޒާލޯ ގާސިއާ ރެއާލް މެޑްރިޑަށް ލީޑު ނަގައިދިން ނަމަވެސް 41 ވަނަ މިނިޓުގައި ހޯދި ޕެނަލްޓީއަކުން ރުބެން ނެވޭސް ވަނީ ހިލާލަށް އެއްވަރު ކޮށްދީފަ އެވެ.
ދެ ވަނަ ހާފުގައި ރެއާލުން މޮޅަށް ކުޅުނު އިރު، ހިލާލްގެ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ ރެއާލް ހުއްޓުވަން މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން އެޓީމުގެ ނުރައްކާތެރި ހަ ހަމަލާއެއް އޭނާ މަތަކުރި އެވެ.
މިއީ އިންޓަ މިލާނުގެ ކުރީގެ ކޯޗު ސިމޯނީ އިންޒާގީގެ އިރުޝާދުގެ ދަށުން ހިލާލް ކުޅޭ ވެސް ފުރަތަމަ މެޗު ވެސް މެ އެވެ.
"ކަންކަމަަށް ވަގުތު ނަގާނެ. ބަދަލު ކުރަން ޖެހޭ ކަންކަން ވެސް އެބަހުރި. ދެވަނަ ހާފުގައި ކުޅުން ބޮޑުތަނުން ރަނގަޅު ކުރި. މިއީ އުނދަގޫ މުބާރާތެއް. އަހަރެމެން ރަނގަޅު ނަތީޖާއެއް މި މުބާރާތުން ބޭނުން، އެކަމަކު ވަގުތު ނަގާނެ،" އޮލޮންސޯ ބުންޏެވެ.
ރެއާލް ހިމެނޭ ގުރޫޕް އެޗްގެ އާރުބީ ސަލްޒްބާގް ވަނީ 3-1 އިން ޕަޗޫކާ ބަލިކޮށްފަ އެވެ. މިއާ އެކު މި ގުރޫޕްގެ އެއް ވަނައިގައި މިވަގުތު އޮތީ ސަލްޒްބާގް އެވެ.
މެންޗެސްޓާ ސިޓީ ވަނީ ރޭ 2-0 އިން މޮރޮކޯގެ ވިދާދު އޭސީ ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ސިޓީގެ ލަނޑުތައް ޖަހައިދިނީ ފިލް ފޮޑެން އާއި ޖެރެމީ ޑޯކޫ އެވެ.
ސިޓީ ހިމެނޭ ގުރޫޕް ޖީގެ އެއް ވަނައިގައި މިވަގުތު އޮތީ އިޓަލީގެ ޔުވެންޓަސް އެވެ. ޔުވެންޓަސް ވަނީ މިއަދު ހެނދުނު 5-0 އިން ޔޫއޭއީގެ އަލް އައިން ބަލިކޮށްފަ އެވެ. ކޯލޯ މުއާނީ އާއި ފްރެންޗެސްކޯ ކޮއެންސިއާއޯ ދެ ގޯލު ޖެހި އިރު، ކެނާން ޔިލްޑިޒް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
އެމްބާޕޭ ހޮސްޕިޓަލުން ދޫކޮށްލައިފި
ރެއާލަކީ ހުއްޓުވަން އުނދަގޫ ބާރަކަށް ހަދާނަން: ކޯޗު
ރެއާލްގެ ކޯޗުކަމަށް ލެޖެންޑް އަލޮންސޯ ހަމަޖައްސައިފި
ރެއާލް ކްލަބް ވޯލްޑް ކަޕަށް ދާނީ އޮލޮންސޯއާ އެކު
ރެއާލްއާ ހަވާލުވާ އަލޮންސޯއަށް އަންޗެލޮޓީގެ ތައުަރީފު
އަލޮންސޯ ޓީމު ދޫކޮށްލާތީ ލެވަކޫސަންގެ ރާޑަރު ޓެންހާގަށް
ރެއާލްއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް: އަލޮންސޯ
ރެއާލުން ނިންމީ އަންޗެލޮޓީ ވާހަކަ ދެއްކި ގޮތާ ހިލާފަށް
ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް ރެއާލަށް 100 ތަށި