Roadha Mihaaru

ރެއާލްގެ ކޯޗުކަމަށް ކްލަބްގެ ލެޖެންޑް އަލޮންސޯ ހަމަޖައްސައިފި

ކާލޯ އަންޗެލޮޓީގެ ބަދަލުގައި ރެއާލް މެޑްރިޑުން އާ ކޯޗަކަށް އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ ޒަބީ އަލޮންސޯ ހަމަޖައްސައިފި އެވެ.

ރެއާލްގެ ކޯޗުކަމަށް ލެޖެންޑް އަލޮންސޯ ހަމަޖައްސައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

25 މެއި 2025

ކާލޯ އަންޗެލޮޓީގެ ބަދަލުގައި ރެއާލް މެޑްރިޑުން އާ ކޯޗަކަށް އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ ޒަބީ އަލޮންސޯ ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު އަލޮންސޯ ރަސްމީކޮށް އޭނާގެ ދައުރު ފަށާނެ ކަމަށް ރެއާލުން ބުންޏެވެ. އޭނާގެ ފުރަތަމަ މަސައްކަތަކީ އަންނަ މަހު މެދުތެރޭގައި ފަށާ ކްލަބް ވޯލްޑް ކަޕެވެ.

ރެއާލުން ނެރުނު ބަޔާނުގައި ބުނީ ކުރިއަށް އޮތް ތިން އެ ކްލަބްގެ ކޯޗަކަށް އަލޮންސޯ ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އަންނަ މަހު 1 ފެށިގެން ޖޫން 30، 2028 ގެ ނިޔަލަށެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ރެއާލްގެ ކޯޗުގެ މަގާމު އަދާކުރީ ތަޖުރިބާކާރު އަންޗެލޮޓީ މިހާރު ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވެފައިވެފަ އެވެ. އޭނާ ވެސް އެ މަގާމާ ރަސްމީކޮށް ހަވާލުވީ މިއަދު އެވެ.

ރެއާލްގެ ސީ ޓީމުގައި ޒަބީ މަސައްކަތް ކުރި އިރު --- ފައިލް ފޮޓޯ: މާކާ

ރެއާލްގެ ސީ ޓީމުގައި ޒަބީ މަސައްކަތް ކުރި އިރު --- ފައިލް ފޮޓޯ: މާކާ

އުމުރުން 43 އަހަރުގެ އަލޮންސޯ މިދިޔަ ތިން ސީޒަނުގައި މަސައްކަތް ކުރީ ޖަރުމަނުގެ ބެޔާ ލެވަކޫސަންގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން މިދިޔަ އަހަރުގެ ބުންޑެސްލީގާގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައި ދިނެވެ. މި ސީޒަނުގައި އޭނާ ޓީމުން ވަކިވާނީ ބުންޑަސްލީގާގެ ދެވަނަ ހޯދައިގެންނެވެ.

އެލޮންސޯ އަކީ ރެއާލް އާއި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ލެޖެންޑުންގެ ތެރޭގައި ހިމެނޭނެ ޝަހްސިއްޔަތެއް،" އެ ކްލަބްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރީގެ މިޑްފީލްޑަރު ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ރެއާލަށް ކުޅެފަ އެވެ. އެ ކްލަބްގައި 236 މެޗުގައި އޭނާ ވަނީ ކުޅެފަ އެވެ

ޔޫތު ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި އަލޮންސޯ ވަނީ މީގެ ކުރިން ރެއާލްގެ ސީ ޓީމުގެ ކޯޗުކަން ކޮށްފަ އެވެ. .