ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އެ އޮފީހުގެ އިސް ވަކީލެއް ކަމަށްވާ އައިޝަތު މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
10 މެއި 2025
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އެ އޮފީހުގެ އިސް ވަކީލެއް ކަމަށްވާ އައިޝަތު މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ބޮޑެތި ގިނަ މައްސަލަތަކެއްގައި ދައުލަތް ތަމްސީލް ކުރައްވާފައިވާ އައިޝަތު މުހައްމަދަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ޕަބްލިކް ޕްރޮސިކިއުޓަރެވެ. އޭނާ ޕީޖީ އޮފީހާ ގުޅިވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
މީގެކުރިން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރެވެ. އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ޕީޖީ އޮފީހުގައި ދެ ޑެޕިއުޓީން ތިއްބަވާއިރު، އައިޝަތު މުހައްމަދުގެ އިތުރުން މިހާރު އެ މަގާމުގައި ހުންނެވީ މަހުމޫދު ސަލީމެވެ.
މީގެއިތުރުން ޕަބްލިކް ޕްރޮސިކިއުޓާ ހުސެއިން ސާމީ ވަނީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފަ އެވެ. އޭނާ ޕީޖީ އޮފީހާ ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ.
އަލްހާންގެ ދައުވާ ކުރިއަށްގެންދަން ހައިކޯޓުން ތާއިދު
"އެފްއޭއެމްގެ ފައިސާ ކަންކަން އިސްކޮށް ބެލީ ބައްސާމް"
"ކުދިން ކުށްވެރިންނަށްވުމުގެ ސަގާފަތް ނައްތާލަންޖެހޭ"
ޕީޖީގެ މުވައްޒަފުންނަށް ނަފްސާނީ ހިދުމަތް ފޯރުކޮށްދެނީ
ނަރީޝް ވިދާޅުވީ ނޭނގޭ ކަމެއްގައި ހެކިބަސް ނުދޭނެކަމަށް
އަނަސްގެ މަރު: ދައުވާލިބޭ މީހުން ބަންދު ނުކުރުން ގޯސް
ކްރިކް ރިޒާގެ މައްސަލަ ލަސްވާތީ ދައުވާ ފައިލްކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ނުދޭން ނަރީޝް ނިންމައިފި
ޝައްމާން ނުފޫޒު ފޯރުވަންޖެހޭ ހެއްކެއް ނުހުންނާނެ:ވަކީލް
ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓެއް