އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 31 އަށް އަރާފައިވާ ކަމަށާއި ޕާކިސްތާނުން އިންޑިއާ ސަރަހައްދަށް ދިން ހަމަލާތަކުގައި މިހާތަނަށް 12 މީހަކު މަރުވެފައިވާ ކަމަށް އެ ދެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 31 އަށް އަރާފައިވާ ކަމަށާއި ޕާކިސްތާނުން އިންޑިއާ ސަރަހައްދަށް ދިން ހަމަލާތަކުގައި މިހާތަނަށް 12 މީހަކު މަރުވެފައިވާ ކަމަށް އެ ދެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ދިން ބަޑީގެ ހަމަލާތަކެއްގައި 27 މީހަކު މަރާލުމުން އެއީ ޕާކިސްތާނާ ގުޅުން ހުރި ހަމަލާތަކެއް ކަމެއް ބުނެ އިންޑިއާއިން އިއްޔެ ރޭ ޕާކިސްތާނަށާއި ކަޝްމީރުގެ ޕާކިސްތާނު ސަރަހައްދަށް ވަނީ މިސައިލުން ހަމަލާދީފަ އެވެ. މި ހަމަލާތައް ދިނީ ޓެރަރިސްޓު ހަރަކާތްތައް ހިންގާ ތަންތަނަށް ކަމަށާއި އާންމުންނަށް ގެއްލުން ނުވާނެ ގޮތް ބަލާފައި ވާނެ ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.
ނަމަވެސް ޕާކިސްތާނުން ބުނީ މަރުވެފައިވަނީ އާންމުން ކަމަށާއި އިންޑިއާއިން ދިން ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ އިންޑިއާގެ ކިބައިން ބަދަލު ހިފާނެ ކަމަށެވެ.
ކަޝްމީރުގައި ދިން ހަމަލާއަށް ފަހު ކަޝްމީރުގެ ބޯޑަރު ހުރަސްކޮށް އިންޑިއާ އާއި ޕާކިސްތާނު ސިފައިން ކޮންމެ ރެޔަކު ދަނީ ހަމަލާ ބަދަލުކުރަމުންނެވެ. އިންޑިއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ރޭ ވެސް ލުއި ހަތިޔާރުގެ ހަމަލާތައް ދެ ގައުމުގެ ސިފައިން ދީފައިވެ އެވެ.
"ރޭ ވެސް ... ޕާކިސްތާނުގެ އަސްކަރިއްޔާގެ ޕޯސްޓުތަކުން ކަޝްމީރުގެ ކުޕްވާރާ، ބާރަމުލާ، އުރީ އަދި އަޚްނޫރު ގައި އެލްއޯސީ (ލައިން އޮފް ކޮންޓްރޯލް) ހުރަސްކޮށް ލުއި ހަތިޔާރާއި އާޓިލަރީ ބަޑި ބޭނުންކޮށްގެން އިސްވެ ހަމަލާތައް ދީފައިވޭ،" އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ޕާކިސްތާނުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ނިއުކްލިއާ ދެ ބާރުގެ މެދުގައި މަސްރަހު ހޫނުވެ އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވަމުން ދާތީ ގައުމުތަކުގެ ވެރިންނާއި ޑިޕްލޮމޭޓުން ގެންދަވަނީ ދެ ގައުމުން ވެސް މައްސަލަ އިތުރަށް ބޮޑު ނުކޮށް ސުލްހަޔަކަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.
ނިއުކްލިއާ ބްލެކްމެއިލްއަކަށް އިންޑިއާ ނުސިހޭނެ: މޯދީ
ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަ ދުވަހެއް
ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި
އެކްސްގެ 8،000 އެކައުންޓް އިންޑިއާގައި ބްލޮކްކުރަނީ
އިންޑިއާގެ 77 ޑްރޯން ވައްޓާލައިފިން: ޕާކިސްތާން
އިންޑިއާގެ 25 ޑްރޯން ވައްޓާލިން: ޕާކިސްތާން
ޕާކިސްތާނުން ބުނަނީ އިންޑިއާގެ 5 ޖެޓް ވައްޓާލި ކަމަށް
އިންޑިއާގެ ދެ ޖެޓް ވައްޓާލިން: ޕާކިސްތާން