އިޒްރޭލުން ޣައްޒާގައި ކުރަނީ ބަނޑަށްޖެއްސުމުގެ ހަނގުރާމައެއް ކަމަށާއި، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދިނުމަށް އަލުން ތައްޔާރުވަމުންދާއިރު އިޒްރޭލާ އެކު ބޭކާރު ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ހަމާސް އިން ބުނެފި އެވެ.
އިޒްރޭލުން ޣައްޒާގައި ކުރަނީ ބަނޑަށްޖެއްސުމުގެ ހަނގުރާމައެއް ކަމަށާއި، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދިނުމަށް އަލުން ތައްޔާރުވަމުންދާއިރު އިޒްރޭލާ އެކު ބޭކާރު ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ހަމާސް އިން ބުނެފި އެވެ.
ހަމާސްގެ އިސް އޮފިޝަލަކު މިހެން ވިދާޅުވެފައި މިވަނީ ގާތްގަނޑަކަށް 2.3 މިލިއަން މީހުންގެ ގެދޮރު ގެއްލި، އިޒްރޭލުގެ ދެ މަސް ދުވަހުގެ ހިސާރުގެ ސަބަބުން އިންސާނީ ކާރިސާ އިތުރަށް ގޯސްވެފައިވާ ޣައްޒާގައި ހަމަލާ ފުޅާކުރަން އަސްކަރީ ޕްލޭނަކަށް އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ރުހުން ދިނުމާ ގުޅިގެންނެވެ.
"ޣައްޒާގައި ބަނޑަށްޖެއްސުމުގެ ހަނގުރާމަ އާއި ނަސްލު ނައްތާލުމުގެ ހަނގުރާމަ ކުރިއަށްދާހާ ހިނދަކު މަޝްވަރާތަކުގައި ބައިވެރިވުމުގެ ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ އާ ހުށަހެޅުންތަކާ މެދު ވިސްނުމުގެ މާނައެއް ނެތް،" ބާސިމް ނާއިމް އޭއެފްޕީއަށް ވިދާޅުވި އެވެ.
ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އަދި ޣައްޒާގެ ކުރީގެ ހެލްތު މިނިސްޓަރު ނާއިމް ވިދާޅުވީ "ބަނޑަށް ޖެއްސުމާއި މީހުން މެރުމުގެ ޖަރީމާތައް" ހުއްޓާލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް މުޅި ދުނިޔެ ޕްރެޝަރު ކުރަންޖެހޭ ކަމަށެވެ.
ހަމަލާތައް ހުއްޓުމަކަށް ގެންނަން އެންމެ އިސް ދައުރެއް އަދާކުރާ ގަތަރުން ބުނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް "ގަތަރުން އަދިވެސް މަސައްކަތްތައް ކުރިއަށްދާ" ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގައި ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރޭގައި އެ ތަނުގެ އާބާދީގެ "ބޮޑު ބައެއް" ބޭރުކޮށްލުން ހިމެނޭ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ އޮޕަރޭޝަންތައް ފުޅާކުރުމަށް ފާސްކޮށްފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލުން ދިން ހަމަލާއަށް ފަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ވަނީ އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފަ އެވެ.
ހަމާސް އިން ލުބްނާން ސިފައިންނާ މީހަކު ހަވާލުކޮށްފި
ޣައްޒާގައި ތިން ކުދިންނާ އެކު 16 މީހަކު ޝަހީދުކޮށްފި
ތިން ކުދިންނާ އެކު ފަލަސްތީނުން 11 މީހަކު ޝަހީދު
ޣައްޒާގައި މިއަދު ވެސް މަދުވެގެން 25 މީހަކު ޝަހީދު
ޣައްޒާއިން 24 މީހަކު ޝަހީދު، އެއް އާއިލާއިން 10
ހަމަލާތައް ހުއްޓާ ނަމަ ރަހީނުން މިނިވަންކުރަން ތައްޔާރު
ޣައްޒާ އިތުރަށް ކުޑަކޮށް އެކަހެރިކުރާނެ ކަމަށް ބުނެފި
އިޒްރޭލުން ޣައްޒާ ހިފާނެ ކަމުގެ އިންޒާރު ދީފި
ހަމަލާތައް ހުއްޓާލުމުގެ އާ ހުށަހެޅުމަށް ހަމާސް އެއްބަސް
ހަމާސް އިން ބާރުތައް ދޫކޮށްލަންޖެހޭ: ފަތަހް