ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ރެޔާއި މިއަދު ދިން ހަމަލާތަކުގައި މަދުވެގެން ތިން ކުދިންނާ އެކު ޖުމްލަ 16 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ރެޔާއި މިއަދު ދިން ހަމަލާތަކުގައި މަދުވެގެން ތިން ކުދިންނާ އެކު ޖުމްލަ 16 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ސަރަހައްދެއްގައި ރޭގަނޑު ވައިގެ މަގުން ދިން ހަމަލާތަކުގައި ހަ މީހަކު ޝަހީދުވި ކަމަށް ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވި އެވެ. އޭގެ ތެރޭގައި އަލްމަވާސީގެ އެޕާޓްމަންޓެއްގައި ތިބި އުމުރުން ފަސް އަހަރުގެ ކުއްޖަކާއި ދެ އަހަރުގެ ފިރިހެން ދެ ކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ޑިފެންސުން އޭގެ ފަހުން ބުނި ގޮތުގައި އަލްމަވާސީގެ ޓެންޓަކަށް ދިން ހަމަލާއެއްގައި އިތުރު 10 މީހަކު ޝަހީދުވި ކަމަށާއި އޭގެ ތެރޭގައި ކުޑަކުއްޖަކާއި ހަތް އަންހެނުން ވެސް ހިމެނޭ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އޭއެފްޕީން ގުޅުމުން އިޒްރޭލުގެ އަސްކަރިއްޔާއިން ޖަވާބެއް ނުދިނެވެ. ތަރުޖަމާނު ބުނީ އެކަމުގެ ތަފްސީލް އެއްކުރަމުން އަންނަ ކަމަށެވެ.
މިއަދު ހެނދުނު އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި 100 އަށްވުރެ ގިނަ "ޓެރަރިސްޓް އަމާޒުތަކަށް" އަސްކަރިއްޔާއިން ހަމަލާދީފައިވާ ކަމަށެވެ.
ސިފައިންނަށް ވަނީ ގިނަ އަދަދެއްގެ ހަތިޔާރު ވެސް ޣައްޒާގެ ދެކުނު ސަރަހައްދަކުން ފެނިފައި ކަމަށާއި އެތަނުން އެތައް "ޓެރަރިސްޓުންނެއް މަރާލި" ކަމަށް ވެސް ބުންޏެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް މިދިޔަ ޖެނުއަރީ މަހު، ހަމާސް ޖަމާއަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލި އެވެ. އެކަމަކު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ހަމަލާތައް ފަށާފައި ވާއިރު އޭގެ ފަހުން ވެސް 2،436 މީހަކު ޝަހީދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އަދި 2023 ގެ އޮކްޓޫބަރު މަހުން ފެށިގެން މިހާ ހިސާބަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 52،535 އަށް އަރައިފަ އެވެ.
އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: ހަމާސް
ހަމާސް އިން ލުބްނާން ސިފައިންނާ މީހަކު ހަވާލުކޮށްފި
ތިން ކުދިންނާ އެކު ފަލަސްތީނުން 11 މީހަކު ޝަހީދު
ޣައްޒާގައި މިއަދު ވެސް މަދުވެގެން 25 މީހަކު ޝަހީދު
ޣައްޒާއިން 24 މީހަކު ޝަހީދު، އެއް އާއިލާއިން 10
ހަމަލާތައް ހުއްޓާ ނަމަ ރަހީނުން މިނިވަންކުރަން ތައްޔާރު
ޣައްޒާ އިތުރަށް ކުޑަކޮށް އެކަހެރިކުރާނެ ކަމަށް ބުނެފި
އިޒްރޭލުން ޣައްޒާ ހިފާނެ ކަމުގެ އިންޒާރު ދީފި
ހަމަލާތައް ހުއްޓާލުމުގެ އާ ހުށަހެޅުމަށް ހަމާސް އެއްބަސް
ހަމާސް އިން ބާރުތައް ދޫކޮށްލަންޖެހޭ: ފަތަހް