ފަތިހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ ޣައްޒާގައި މިއަދު ވެސް އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 25 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ސިޓީގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ފަތިހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ ޣައްޒާގައި މިއަދު ވެސް އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 25 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ސިޓީގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ޣައްޒާއަށް ހަމަލާދޭތާ 15 މަސް ދުވަހުން ފަހުން މިދިޔަ ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލުމަށް ފަހު މިދިޔަ މަހުގެ 18 ވަނަ ދުވަހު އަލުން ފަށާފައި ވާއިރު ހަމަލާތައް އަދިވެސް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
"މިއަދު ފަތިހުން ފެށިގެން އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި 20 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވޭ. ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިން މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
އޭގެ ފަހުން އެ އެޖެންސީން ނެރުނު އެހެން ބަޔާނެއްގައި ބުނެފައި ވަނީ އިރުމަތީ ރަފަހުގައި އާންމުންގެ ބަޔަކަށް އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޮނިހިރު ދުވަހު ވަނީ ހަމާސްގެ ޑިމާންޑްތަކަށް ބެލުމެއް ނެތި ހަނގުރާމަ ކުރިއަށް ގެންގޮސް ޣައްޒާގައި ބާކީ ތިބި، އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރާނެ ކަމަށް ބުނެފަ އެވެ.
"މިހާރު މި ތިބީ ހަނގުރާމައިގެ މުހިންމު ހިސާބެއްގައި. މިއީ ކާމިޔާބީއަށްޓަކައި ސާބިތުކަމާއި ކެތްތެރިކަން ބޭނުންވާ ވަގުތު،" ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމަށް ހަމާސް އިން ގޮވާލާފައި ވާތީ އެކަމަށް ދެކޮޅު ހަދަމުން ނަތަންޔާހޫ ބުންޏެވެ.
އިޒްރޭލުން މިދިޔަ މަހު އަލުން ހަމަލާތައް ދޭން ފެށި ފަހުން ޣައްޒާގައި މިހާތަނަށް 1،827 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އޮކްޓޫބަރު 7، 2023 އިން މިހާތަނަށް ޣައްޒާގައި އިޒްރޭލުން ފަލަސްތީނުގެ 51،201 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.
ޣައްޒާއިން 24 މީހަކު ޝަހީދު، އެއް އާއިލާއިން 10
ހަމަލާތައް ހުއްޓާ ނަމަ ރަހީނުން މިނިވަންކުރަން ތައްޔާރު
ޣައްޒާ އިތުރަށް ކުޑަކޮށް އެކަހެރިކުރާނެ ކަމަށް ބުނެފި
އިޒްރޭލުން ޣައްޒާ ހިފާނެ ކަމުގެ އިންޒާރު ދީފި
ހަމަލާތައް ހުއްޓާލުމުގެ އާ ހުށަހެޅުމަށް ހަމާސް އެއްބަސް
ހަމާސް އިން ބާރުތައް ދޫކޮށްލަންޖެހޭ: ފަތަހް
ހަތަރު ދުވަސްތެރޭ ޣައްޒާއިން 200 ކުޑަކުދިން ޝަހީދު
ތިން ދުވަސްތެރޭ ޣައްޒާއިން 600 މަރު
ހަމާސް އަދިވެސް އޮތީ މަޝްވަރާއަށް ތައްޔާރަށް
އިޒްރޭލުން ޣައްޒާގެ އާންމުންނަށް ފަހުގެ އިންޒާރު ދީފި