ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާތަކުގެ އަދަދު 192،500ރ. އަށް އަރާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
05 މެއި 2025
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 39 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާތަކުގެ އަދަދު 192،500ރ. އަށް އަރާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން ފުލުހުން އަންނަނީ ވޭޕް ގެންގުޅުމާއި ބޭނުން ކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މިދިޔަ މަހުގެ 1 އިން 30 ގެ ނިޔަލަށް ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި 39 މީހަކު ޖޫރިމަނަ ކޮށްފައިވާ ކަމަށެވެ. އެ ޖޫރިމަނާތަކުގެ އަދަދު 192،500ރ. އަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވޭޕް ގެންގުޅެ ބޭނުން ކޮށް އެ ގާނޫނާ ހިލާފުވިއަސް ވޭޕް އަތުލުމުގެ ބާރެއް ކުރިން ފުލުހުންނަށް ނޯވެ އެވެ. ނަމަވެސް އޭގެ ފަހުން، ހެލްތު މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު އާއްމުކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާއްމު ގަވައިދުން ވަނީ ވޭޕްގެ އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފަ އެވެ.
ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
އެޕާޓްމަންޓުން 49،000 ސިނގިރޭޓު ފޮށި ފެނުނު
މަގުމައްޗަށް ދޫކޮށްލި ކޮތަޅުތަކެއްގައި ވަގު ސިނގިރެޓް
އުމުރު ޔަގީންނޫންނަމަ ދުންފަތް ވިއްކޭނީ ލިޔުން ބަލާފައި
އަތުލައިގަތް ސިނގިރޭޓް ހަވާލުކުރަން ކޯޓުން އަންގައިފި
ސިނގިރޭޓްބޭރުކުރުން:އޮފިސަރުންނަށް ތުހުމަތުކުރާތީ ބަލަނީ
ޖެނެރޭޝަން ބޭންއަށް ދާން ޑަބްލިއުއެޗްއޯއާ މަޝްވަރާކޮށްފި
"ސިއްހަތު ސިޔާސީނުކޮށް، ދުންފަތުގެ ވިޔަފާރި ދޫކޮށްލާ"
ދުންފަތުގެ ޖެނެރޭޝަން ބޭންއަށް ރައީސްގެ 3ހުށަހެޅުއްވުން
އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފި
ސިނގިރޭޓު ފޮށި ބޭރުކުރަން އުޅުނު 2މީހުން ދޫކޮށްލައިފި