ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތް ގޮތަށް، ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު، ވެރިކަން ކުރާ ޕާޓީއަށް މިއަދު ބޭއްވި އާންމު އިންތިހާބުގައި ދީފި އެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތް ގޮތަށް، ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު، ވެރިކަން ކުރާ ޕާޓީއަށް މިއަދު ބޭއްވި އާންމު އިންތިހާބުގައި ދީފި އެވެ.
ސާމްޕަލް ނަތީޖާއިން ކުރިން ދައްކާފައިވާ ގޮތުން 97 ގޮނޑި ހިމެނޭ ޕާލަމެންޓުގެ 10 ގޮނޑި ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އަށް ކާމިޔާބުވާނެ އެވެ. މިހާރު ވެސް ވަނީ ސާފު އަޣުލަބިއްޔަތަށް ބޭނުންވާ 49 ގޮނޑި ފަހަނަޅައި ގޮސްފަ އެވެ.
އަލަށް މަގުބޫލުވެފައިވާ އިދިކޮޅު ޕާޓީއާ ވޮންގް ވާދަކުރައްވާފައި ވާއިރު މިއީ އޭނާއަށް މިފަދަ ފުރަތަމަ ބޮޑު އިމްތިހާނެވެ. ބޮޑުވަޒީރު ވޮންގް ވަނީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ވަރަށް ބޮޑަށް ބަރޯސާވާ ސިންގަޕޫރާއި މުޅި ދުނިޔެއަށް އެމެރިކާގެ ޓެރިފްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ނުތަނަވަސްކަމުގައި ސަރުކާރަށް ތާއީދު ކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ހިޔާލު ތަފާތުވާ މީހުންގެ އަޑު ކަނޑުވާލާ ކަމުގެ ތުހުމަތާ އެކު ޕީއޭޕީ އަށް ފާޑުކިޔުން އަމާޒުވެފައިވާ ވިޔަސް އިންތިހާބުގެ ކުރިން ވެސް އެ ޕާޓީން ޔަގީންކުރަމުން ދިޔައީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދަމަހައްޓާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ "އަޑުގަދަ" ކެންޑިޑޭޓުންގެ ސަަބަބުން ޕީއޭޕީ އޮތީ ހާސްކަމުގެ ތެރޭގަ އެވެ.
ސިންގަޕޫރުގެ ކޮވިޑް ޓާސްކް ފޯހުގައި ކުރެއްވި މަސައްކަތުން މަގުބޫލުކަން ލިބިވަޑައިގަތް ވޮންގް މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތީ 1965 ވަނަ އަހަރު މެލޭޝިއާއިން ވަކިވެ ސިންގަޕޫރު އުފެއްދުމުން ކުރިމަތިވި ނުތަނަވަސްކަމުގެ ތެރޭގައި ވެރިކަން ކުރެއްވި ގައުމުގެ ބާނީ، ބޮޑުވަޒީރު ލީ ކުއާން ޔޫގެ ދަރިކަލުން ލީ ސިއެން ލޫންގް މަގާމު ދޫކޮށްލެއްވުމުންނެވެ.
"ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނުނެރޭ"
ކޮލިފައިން މެޗުގެ ކުރިން ރާއްޖޭން ސިންގަޕޫރާ ދެކޮޅަށް
އެމެރިކާއާ ހެދި ރިސެޝަނަކަށް ހިނގައިދާނެ: ސިންގަޕޫރު
ސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
ސިންގަޕޫރު އިދިކޮޅު ލީޑަރު ދޮގު ހެދުމުގެ ކުށް ސާބިތު!
މުސްލިމުން މަރަން ރޭވި ޒުވާނަކު ސިންގަޕޫރުން ހައްޔަރު
ސްކޭމާ ދެކޮޅަށް ސިންގަޕޫރު ފުލުހުންނަށް ބޮޑެތި ބާރުތައް
ސިންގަޕޫރުގެ ބާނީގެ ގެކޮޅާ މެދު އަލުން ކޯޅުން ފެށިއްޖެ
ސިންގަޕޫރުގައި ލިމްއާ ދެކޮޅަށް އަޑުއުފުލި ސަޕޯޓަރު ފުރުން މަނާކޮށްފި
ބިލިއަނަރު އޮންގުގެ މައްޗަށް ސިންގަޕޫރުގައި ދައުވާކޮށްފި