ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އެދި ސިންގަޕޫރުގެ ސަރުކާރުން ރާއްޖެ އަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބުނެ ރޭ ފެތުރި ވާހަކަތައް ފޮރިން މިނިސްޓްރީ މިރޭ ދޮގުކޮށްފި އެވެ.
11 މެއި 2025
ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އެދި ސިންގަޕޫރުގެ ސަރުކާރުން ރާއްޖެ އަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބުނެ ރޭ ފެތުރި ވާހަކަތައް ފޮރިން މިނިސްޓްރީ މިރޭ ދޮގުކޮށްފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެ އަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ބައެއް ރާއްޖޭގެ މީޑިއާތަކުގައި ޝާއިއުކުރަމުންދާ ޚަބަރުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
ރާއްޖެއާ ގުޅޭ ގޮތުން އެ ކަހަލަ އިލްތިމާސެއް މި ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައި ނުވާކަން އެ ގައުމުގެ ސަރުކާރުން ދިވެހި ސަރުކާރުން ކަށަވަރުކޮށް ދީފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީހެއްގައި ނެރެފައިވާ އިލްތިމާސެއް ނޫން ކަމަށެވެ.
"ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުން އަންނަ ގައުމުތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ، ހުރިހާ ފަރާތްތަކުން ވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާ އެކު، މަސައްކަތް ކުރުމަށާއި ހާއްސަކޮށް އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ސިންގަޕޫރުގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލަނީ
ބިލިއަނަރު އޮންގް ހަދިޔާ ކުރެއްވި ވެންޓިލޭޓަރު ގެނެސްފި
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެމްއޯޔޫއެއް
"ގުޅުން ބަދަހިކުރަނީ މިނިވަންކަން ނުގެއްލޭ ގޮތަށް"
ސިންގަޕޫރުގައި އުޅޭ ދިވެހިން ރަޖިސްޓަރީވާން އެދެފި
ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރު ރައީސަށް އަރުވައިފި
އީޔޫ ސަފީރަކަށް ސޯބިރު އައްޔަންކޮށްފި
ސިންގަޕޫރުގެ ސަފީރަކަށް ޑރ. މައުސޫމް އައްޔަންކޮށްފި
ކުވޭތު އާއެކު ގުޅުން ފުޅާކުރަން މަޝްވަރާކޮށްފި