އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމް އުވުނު ފަހުން މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އަދާލަތު ޕާޓީއަށް އަލުން ސޮއިކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމް އުވުނު ފަހުން މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގެން ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އަދާލަތު ޕާޓީއަށް އަލުން ސޮއިކުރައްވައިފި އެވެ.
"މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝަހީމް އެ ޕާޓީގައި 12 އަހަރު ވަންދެން އުޅުއްވި އެވެ. އަދާލަތު ޕާޓީގެ ސްލޮޓުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ.
އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވައި، މި އަހަރުގެ ފަހުކޮޅު ބާއްވާ އެ ޕާޓީގެ ރައީސްގެ އިންތިހާބުގައި ވާދަކުރައްވާނެކަން ޝަހީމް ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ.
މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ މިނިސްޓަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝަހީމް ކުއްލި ގޮތަކަށް އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވ ސަބަބެއް އަދި ހާމައެއް ނުކުރައްވަ އެވެ. އެކަމަކު، އޭނާގެ އެ ނިންމެވުމަށް އަދާލަތު ޕާޓީގެ މިހާރުގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ފިޔަވައި އެހެން އިސްވެރިން ވަނީ ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިހު އިލްޔާސް ހުސައިނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރަޝީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިހު މުހައްމަދު އަނިލް އާއި ޑރ. އިޔާޒް އަބްދުއްލަތީފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ޝަހީމް ދެވަނަ ފަހަރަށް އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވާކަން އިއުލާން ކުރެއްވުމުން، އެ ޕާޓީއާ މިހާރު ވަރަށް ދުރުން ތައިލެންޑުގައި ދިރިއުޅުއްވާ އިމްރާން ވިދާޅުވީ، "ރައީސް މުއިއްޒުގެ ދޯހަޅިކަމާ ހުރެ ގައުމު ވެއްޓިފައި މި އޮތް ހާލަތުން ސަލާމަތް ކުރުމަށް" ހާލިސްކަމާ އެކު މިހާރުގެ ކެބިނެޓު ދޫކުރައްވައި އަދާލަތު ޕާޓީގެ ލީޑަޝިޕަށް ޝަހީމް ވާދަކުރައްވާ ނަމަ އެކަމަށް އުފަލާ އެކު މަރުހަބާ ދަންނަވާ ކަމަށެވެ.
އެކަމަކު، އޭގެ ރައްދުގައި ޝަހީމް ވިދާޅުވީ، އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވަން ކެބިނެޓު ދޫކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެ ޕާޓީގެ މެމްބަރަކު ކެބިނެޓުގައި ހުންނެވުމަށް ވެސް އަސާސީ ގަވާއިދު މަނާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދާލަތު ޕާޓީގެ ރައީސްކަމަށް މެމްބަރުން އަޅުގަނޑު އިންތިހާބު ކުރައްވައިފި ނަމަ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީ އާއިގެން ކުރިއަށް ދާނަން، އިންޝާ ﷲ،" ޝަހީމް ވިދާޅުވި އެވެ.
އެންމެ ފަހުން ވެރިކަންކުރި އެމްޑީޕީއާ އެކު ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް 2023 ގައި އެމްޑީޕީ އަށް ލިބުނު ނާކާމިޔާބީއާ އެކު އަދާލަތު ޕާޓީ އަދި އޮތީ ސިޔާސީ ގޮތުން ހިމޭނުންނެވެ. އެ ޕާޓީ އެއްވެސް ފަރާތަކަށް ނޭރި ނަމަވެސް އިމްރާން ދޭތެރެދޭތެރެއިން ސަރުކާރުގެ ކަންކަމަށް ފާޑުވިދާޅުވެ އެވެ.
ޝަހީމް ވިދާޅުވެފައި ވަނީ އަދާލަތު ޕާޓީގެ ރައީސްކަމަށް އޭނާ އިންތިހާބު ކޮށްފި ނަމަ އެ ޕާޓީ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ ޝަހީމް ވިދާޅުވެފައިވާ ގޮތުގައި އަދާލަތު ޕާޓީގެ ސަފުތައް އަލުން އިޔާދަކުރުމެވެ.
"ޕާޓީގެ އެއްބައިވަންތަކަން ގާއިމު ކުރުން. ޕާޓީ އުފެއްދުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި އިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުން،" އޭނާ ވިދާޅުވި އެވެ.
ޝަހީމް ދެވަނަ އަށް އިސްކަން ދެއްވާ ކަމަކީ "އޭޕީ ޑިވެލޮޕްމަންޓް ފަންޑު" ގެ ނަމުގައި މެންބަރުން ހިމެނޭހެން ފަންޑެއް އުފައްދައި އެ ޕާޓީގެ އަމިއްލަ ފުދުންތެރިކަން ގާއިމް ކުރުން ކަމަށް ވިދާޅުވި އެވެ.
"މީގެ މަގުސަދަކީ، މެމްބަރުން ބިނާކުރުމާއި މެންބަރުން އިތުރު ކުރުމާއި މެމްބަރުންނަށް ޒަމާނީ މަތީ ތައުލީމު ދިނުމާއި ހާއްސަ ހާލަތްތަކުގައި އެހީވުމާއި އިންތިހާބުތަކުގައި ހަރަދަށް ބޭނުންވާ ފައިސާ ހަލާލު ގޮތުގައި ހޯދުން. އަދި މިފަންޑު ފުޅާކުރުމަށް އިންވެސްޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރާނަން،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ނިންމަވާފައި ވަނީ އެ ފަންޑު ބަލަހައްޓަން އަދާލަތު ޕާޓީގެ މެންބަރުންގެ ތެރެއިން "ބޯޑު އޮފް ޓްރަސްޓީސް" އެއް އުފައްދާށެވެ.
"ފަންޑުގެ ސީއީއޯ އަކަށް ލާނީ އިސްލާމީ އިގުތިސާ ކިޔަވައިފައި ހުރި ތަޖުރިބާކާރު ޕާޓީގެ މެންބަރެއް. މިފަންޑު ގާއިމުކުރާނީ މެންބަރުންގެ ކޮންޓްރިބިއުޝަނާއި ފަހުން އަދާކުރާ ގޮތަށް އިސްލާމީ އުސޫލުން ހޯދާ ލޯނުން. އިލްމުވެރިންގެ މަޖްލިސްގެ ދައުރު ފުޅާކޮށް އަދާލަތު އެކަމަކަށްޓަކައި ގާއިމުވި އަސާސްތައް ރާއްޖޭގައި ދަމަހައްޓަން އިސްލާމީ ރިސާލަތު ނަގަހައްޓައި ފެތުރުން ވަރުގަދަ ކޮށް ފުޅާ ކުރާނަން،" ޝަހީމްގެ ތަސައްވުރު ހާމަކުރައްވަމުން ވިދާޅުވި އެވެ.
ޝަހީމްގެ ރައްދު އިމްރާނަށް: ކެބިނެޓު ދޫކުރާކަށް ނުޖެހޭ
މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއަށް!
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
ޝަހީމްގެ ނިންމެވުމަށް އަދާލަތުގެ ވެރިން މަރުހަބާ
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ 5 ޕާޓީއަކަށް
"ސަފީރުންނަށް ދަތި ކުރުމަކީ ނަސްރު ދިނުމެއް ނޫން"
ހަނިއްޔާގެ ކަށުނަމާދު މަޖުބޫރު ނުކުރީ ވާޖިބަކަށް ނުވާތީ
ރުހުން ނުލިބުނު ވަޒީރުން އަލުން އައްޔަން ކުރަނީ
އުޝާމާއި ޝަހީމާއި ހައިދަރަށް ރުހުމެއް ނުދިން!
އެމްޑީޕީން ވެސް ނިންމީ 4 ވަޒީރަކަށް ރުހުން ނުދޭން