ފަލަސްތީނުގެ ޣައްޒާގެ ކުދިން ބަނޑަށް މަރުވާތަން ބަލަން ނުތިބެ އެހީވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ގޮވާލައްވައިފި އެވެ.
31 ޖުލައި 2025
ފަލަސްތީނުގެ ޣައްޒާގެ ކުދިން ބަނޑަށް މަރުވާތަން ބަލަން ނުތިބެ އެހީވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން ޣައްޒާއަށް އެހީވުމަކީ އިންސާނީ ވާޖިބެއް ކަމަށެވެ.
އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކާއި ރެޑްކްރެސެންޓް ފަދަ ޖަމާއަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަން ޖެހޭ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޣައްޒާގެ ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ބަލަން ތިބެގެންނުވާނެ. ކުޅަދާނަކަން ލިބިގެންވާ މިންވަރުން އެހީވުމަކީ އިންސާނީ ވާޖިބެއް. ޣައްޒާއަށް އި ންސާނީ އެހީފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި ރެޑްކްރެސެންޓް ޖަމާޢަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 30, 2025
ޣައްޒާގެ ހައްގުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ވަކާލާތުކުރަމުގެ އިތުރަށް ރާއްޖެ އިން އަންނަނީ ރެޑްކްރެސެންޓް ފަދަ ޖަމާއަތްތައް މެދުވެރިކޮށް އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ. އަދި އިޒްރޭލުގެ ޖަރީމާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދޭން ރާއްޖެ އިން އަންނަނީ ގޮވާލަމުންނެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދޭތާ 21 މަސް ދުވަސް ވެފައި ވާއިރު މިހާރު ވަނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރައިފަ އެވެ. އަދި ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން ގިނަ އެތަނުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
އިޒްރޭލުން ވަނީ މިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމާސް އިން ކަމަށް ބުނެ ހަމަލާތައް ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ.
ގާޒާގެ ކުޑަކުދިންނަށް ބައި މިލިއަން ރުފިޔާ ހަދިޔާކުރަނީ
"ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރުމެއް ނެތް"
"ސަފީރުންނަށް ދަތި ކުރުމަކީ ނަސްރު ދިނުމެއް ނޫން"
ފަލަސްތީންގެ ނަސްލު ނައްތާލުން ހުއްޓުވަން ގޮވާލައިފި
ޣައްޒާގައި ޝަހީދުކުރި އަދަދު 65،000 އިން މައްޗަށް
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ޣައްޒާ ސިޓީ މިހާރު އަނދަނީ ކަމަށް އިޒްރޭލުން ބުނެފި
އިޒްރޭލުގެ ބޭނުމަކީ މަޝްވަރާތައް ފެއިލްކޮށްލުން: ގަތަރު
ތަފާތުކުރުން ހުއްޓާލައި އިޒްރޭލަށް އަދަބުދޭން ގޮވާލައިފި
ޣައްޒާ ސިޓީން 250000 މީހުން ނުކުމެއްޖެ: އިޒްރޭލް