ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި އެވެ.
27 ފެބުރުއަރީ 2017
ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި އެވެ.
އަދާލަތު ޕާޓީގެ މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް އެ ޕާޓީއަށް ޝަހީމް ހުށަހެޅުއްވީ މި މަހުގެ 14 ވަނަ ދުވަހުގަ އެވެ. ޝަހީމްގެ އެގޮތަށް އެދިވަޑައިގަތުމުން، އޭނާގެ ނަން ދަފްތަރުން އުނިކުރުމަށް އަދާލަތު ޕާޓީން މިހާރު އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި، އަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވަން ހުށަހެޅުއްވީ، މިދިޔަ ދެތިން އަހަރެއްހާ ދުވަހު ޚިޔާލު ތަފާތުވުމެއްގެ ތެރޭގައި އުޅުއްވުމަށް ފަހުގަ އެވެ.
ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީން ވަކިވެވަޑައިގަތަސް، އޭނާ ކުރައްވަމުން އަންނަ އިސްލާމީ އެއްވެސް މަސައްކަތަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ އެއްވެސް ބޭފުޅަކާ މެދު އޭނާއާ މެދު ހިތުގައި ނުތަނަވަސްކަމެއް ނުގެންގުޅުއްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅަށް އަދާލަތު ޕާޓީން މަސައްކަތް ފެށި ފަހުން އެ ޕާޓީގެ ޖަލްސާތަކާއި އަދި އެއްވެސް ހަރަކާތެއްގައި ޝަހީމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި މި ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވުމަށް ފަހު ޝަހީމް އެ މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން، ޝަހީމް އައްޔަން ކުރެއްވި އެވެ. އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމަށް އޭނާ ބަދަލު ކުރެއްވީ މިދިޔަ އަހަރުގަ އެވެ.
މިނިސްޓަރު ޝަހީމް އަދާލަތު ޕާޓީ އަށް ސޮއިކުރައްވައިފި
ޝަހީމްގެ ރައްދު އިމްރާނަށް: ކެބިނެޓު ދޫކުރާކަށް ނުޖެހޭ
އަދާލަތު ޕާޓީ ފޮހެލަން "ބާރުގަދަ" މީހުން އުޅުނު
އަދާލަތު ޕާޓީއަކީ ފިކުރީ ބޮޑު މުއައްސަސާއެއް: އިމްރާން
"އަދާލަތު ޕާޓީ އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު"
މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއަށް!
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ 5 ޕާޓީއަކަށް
ހަނިއްޔާގެ ކަށުނަމާދު މަޖުބޫރު ނުކުރީ ވާޖިބަކަށް ނުވާތީ
ސަލަފަކީ ސިޔާސީ ވާން ނުކެރުނު ބައެއް: ނަޒީރު
ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި