Roadha Mihaaru
ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި

މާލީ ރިޕޯޓް ހުށަނާޅާތީ ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި

29 ޑިސެމްބަރ 2022

މާލީ ރިޕޯޓްތައް ހުށަނާޅާތީ އިލެކްޝަންސް ކޮމިޝަނުން ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލީ ރިޕޯޓްތައް ހުށަނާޅާތީ އިލެކްޝަންސް ކޮމިޝަނުން ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލީ ރިޕޯޓްތައް ހުށަހަޅަންޖެހޭ މުއްދަތުގައި އެ ރިޕޯޓް ހުށަނާޅާތީ ޖޫރިމަނާ ކުރީ އަދާލަތު ޕާޓީ އާއި އެމްއެންޕީ އާއި އެމްއާރުއެމް އާއި ޕީއެންސީ އާއި ޑީއާރުޕީގެ އިތުރުން އެމްޓީޑީ އާއި އެމްއެލްއެސްޑީޕީ ކަމަށެވެ.

ކޮންމެ ޕާޓީއެއް ޖޫރިމަނާކުރީ 20،000ރ. އިންނެވެ. އެކަން އެ ޕާޓީތަކަށް މިހާރު އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ ޕާޓީއެއްގެ ވެސް މާލީ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ކޮންމެ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ. އެގޮތަށް އަމަލު ނުކޮށްގެން ކުރިން ވެސް ބައެއް ޕާޓީތައް ޖޫރިމަނާ ކުރި އެވެ.

އެހެން ނަމަވެސް ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ 10،000 މެމްބަރުން ހަމަވާ ނަމަ އެވެ.