ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސް އިން މިރޭ ހުޅުވާލައިފި އެވެ.
30 އެޕްރީލް 2025
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް)ގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސް އިން މިރޭ ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށް ކަމަށެވެ.
އޭގެތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު ގައުމީ ހިދުމަތާއި ގުޅުމަށް ހުށަހަޅާއިރު ބެލެނިވެރިޔާގެ ރުހުން އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.
ގައުމީ ހިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އޮންނާނެ އެވެ.
އެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެމްއެންޑީއެފްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މި އަހަރު ބޭއްވު ޕެރޭޑު ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އެމްއެންޑީއެފް ބޭފުޅަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިފައިންގެ މަސައްކަތްތައް ކުރިއަރުވަން އަދިވެސް އިތުރު މީހުން ބޭނުންވާ ކަމަށެވެ.
ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތް ފުޅާކުރަން މި ދައުރުގެ ތެރޭގައި އިތުރު 1،000 މީހުން ބޭނުންވާ ކަމަށް ވެސް އޭރު ރައީސް ވިދާޅުވި އެވެ.
ރަނގަޅު ނަތީޖާ ނުލިބޭތީ ވަޒީފާއެއް ނުލިބުނަސް، ކުރިން އޮތްގޮތުން ސިފައިންގެ ހިދުމަތަށް އެ ކުދިން ނުނެގޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެކަށީގެންވާ ތައުލީމު ނެތުމާއި ޑްރަގްގެ ވަބާގައި ޖެހުމުންދާތީ މުޖުތަމައު އަދި ސަރުކާރުން އުފުލާ ބުރަ ބޮޑުވެ، އިގުތިސޯދަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަނގަޅު ތަރުބިއްޔަތު ދެވި، މިލިޓަރީ ތަމްރީނު ދެވިއްޖެނަމަ އެ މީހުންނާއި އެ އާއިލާއަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ. އެހެންވެ، ސަރުކާރުން ވަނީ، ގާނޫނެއް ހަދައި ގައުމީ ހިދުމަތުގެ ނަމުގައި ވަކި ޕްރޮގްރާމެއް ފަށަން ނިންމައިފަ އެވެ. އޭރުން ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން، 16 އަހަރުވުމުން ސިފައިންގެ ނުވަތަ ފުލުހުންގެ ތަމްރީނު ހަދައި ވަޒީފާ ލިބޭނެކަން ފާހަގަ ކުރެއްވި އެވެ.
ސިފައިންގެ ވިންދު ހުރިހާ ހިނދަކު މިނިވަންކަން އޮންނާނެ
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ތަހުގީގީ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަންކޮށްފި
މެލޭޝިއާގައި ދިވެހިންނަށް ހުރި ދަތިތައް ހައްލުކޮށްދޭނަން
މުޖުތަމައު އިސްލާހުވާނީ އަންހެނުންގެ ދައުރާއެކު: ސާޖިދާ
ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިއާއަށް
މަޝްރޫއުތައް ބާރަށް ކުރިއަށްގެންދަވަން އެދިވަޑައިގެންފި