ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ އުސޫލުތައް ދޫކޮށްނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
28 އެޕްރީލް 2025
ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ އުސޫލުތައް ދޫކޮށްނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބޭރު ގައުމެއްގައި އުޅުނު ނަމަވެސް އަމިއްލަ އައިޑެންޓިޓީ ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބައެއް ފަހަރަށް ބޭރުގެ ގައުމުތަކުގައި އުޅޭއިރު އެ ގައުމެއްގެ ޓްރެންޑުތަކާ އެއްގޮތަށް ދިރިއުޅުމަށް ބަދަލުތައް ގެންނަ ކަމަށެެވެ. ދީނުގައި އޮންނަ ހަމަތައް ވެސް ހަނދާން ނެތިގެންދާ ކަމަށާއި އެކަމަކު ދިވެހިންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާން ކުރަންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަމާދުތައް ބަރާބަރަށް ކޮށް، ރަނގަޅަށް އުޅޭ ނަމަ ހުރިހާ ކާމިޔާބެއް ވެސް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެން ދިމާލަކުން ލިބޭނެ އުފަލެއް ނޯންނާނެ. އެހެން ބަޔަކު އުޅޭ ގޮތަށް އުޅެގެން ލިބޭނެ އުފަލެއް ނެތް،" ރައީސް ވިދާޅުވި އެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު މިރޭ ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
މައިންބަފައިންނާއި އާއިލާއާ އެކު އުފާވެރިކަން ހޯދަންޖެހޭނެ ކަމަށާއި އެކަމަކު އެ އުފާވެރިކަން ވެސް ހޯދަން ވާނީ ދީނުގައި އޮންނަ ހަމަތަކުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބޭރު ގައުމުތަކަށް ގޮސް ކިޔަވަނީ އަމިއްލަ ނަފުސާއި މައިންބަފައިންނަށް ހިތްހަމަޖެހުން ހޯދައިދޭން ކަމަށާއި ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު މިރޭ ބޭއްވެވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދާއި ފޮރިން މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ ބޭރު ގައުމުތަކުގައި އުޅޭއިރު އެންމެން އެއްބައިވަންތަކަމާއި އެކުވެރިކަމާ އެކު އުޅުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ދިވެއްސަކު އުޅުނަސް ރާއްޖޭގައި އުޅޭ ދިވެހިންނާ އެއްވަރަށް ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އިސްލާމީ އުންމަތް ގުޅިގެން ކުރިއަށް ދާން ގޮވާލައްވައިފި
އައިއައިޔޫއެމުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓުކަން
ރާއްޖޭގެ ތަރައްގީގައި ބައިވެރިވާން މެލޭޝިޔާއަށް ދައުވަތު
މެލޭޝިއާގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަށައިފި
"ޑިފެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންވޭ"
ރާއްޖެ-މެލޭޝިއާއާ ދެމެދު ފަސް އެއްބަސްވުމެއް
ރައީސަށް މެލޭޝިއާ އިން ހޫނު މަރުހަބާއެއް
މެލޭޝިއާގައި ދިވެހިންނަށް ހުރި ދަތިތައް ހައްލުކޮށްދޭނަން
ރައީސް މެލޭޝިއާއަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ރައީސް މެލޭޝިއާއަށް