މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގައި ބައިވެރިވުމުގެ ގޮތުން، ރައީސަށް ލަފާދޭ ޒުވާނުންގެ ކޮމިޓީން އިތުރު ތިން މެންބަރަކު އިސްތިއުފާ ދީފި އެވެ.
26 އެޕްރީލް 2025
މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގައި ބައިވެރިވުމުގެ ގޮތުން، ރައީސަށް ލަފާދޭ ޒުވާނުންގެ ކޮމިޓީން އިތުރު ތިން މެންބަރަކު އިސްތިއުފާ ދީފި އެވެ.
އިސްތިއުފާ ދީފައިވަނީ އެތުލީޓުން ތަމްސީލްކުރާ އައިމިނަތު ރަބާބު އާއި އަމިއްލަ ޖަމިއްޔާތައް ތަމްސީލުކުރާ ނިމާލް ހަމީދު އަދި ފާތިމަތު ރާއިއާ ޝަރީފެވެ. މި ތިން ޒުވާނުންގެ ކުރިން ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަދި ޓީވީ ޕްރެޒެންޓަރު ހުވައިނާ މުހައްމަދު ނިހާދު ވެސް ވަނީ ކޮމިޓީން އިސްތިއުފާ ދީފަ އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލައި، ޒުވާނުން ފަށާފައިވާ ސިލްސިލާ މުޒާހަރާގައި ރޭ ވަނީ ޒުވާނުންގެ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.
އެ ކޮމިޓީގެ ނައިބު ރައީސް ނަޒީމް ވަނީ ރޭގެ އެއްވުމުގައި ބައިވެރިވެ، އޭނާ އިސްތިއުފާ ނުދޭ ކަމަށާއި އިސްތިއުފާ ނުދެނީ ސިސްޓަމްގެ ތެރޭގައި ހުރެ ސިސްޓަމް ރަނގަޅު ކުރަން ބޭނުންވާތީ ކަމަށް ބުނެފަ އެވެ. ނަމަވެސް، އޭނާގެ އެ ވާހަކަތަކާ ގުޅިގެން މުޒާހަރާގައި ޒުވާނުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
ޖުމްލަ 13 މެންބަރުން ހިމެނޭ ޒުވާނުންގެ ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލް ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އޭނާ އެ ކޮމިޓީން ވަކިކުރައްވައިފަ އެވެ.
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
މި މައްސަލާގައި ރައުދު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފަ އެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
18 އަހަރުން މައްޗަށް ގެދޮރު ދޭން މިއަހަރު ހުޅުވާލަނީ
"ޖަޒުބާތުގެ ބޭނުން ހިފައި ހަލަބޮލިކުރަން ފުރުސަތުނުދީ"
"ރައީސްގެ ނިންމެވުމުން މަގުމަތިވާ ކުދިން މަދުވާނެ"
ޒުވާނުންގެ ސިޔާސަތު ބަދަލެއް ނުކުރާނަން: ރައީސް
ރައީސަށް ލަފާ ދޭން ޒުވާން 15 މެމްބަރުންގެ ކޮމިޓީއެއް
ޒުވާނުންނަށް ބަސް ނުބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައިފި
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ދޮގު ބަޔާންދިން މައްސަލާގައި ދާއޫދު މަގާމުން ވަކިކޮށްފި
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި