އުސް އިމާރާތަކުން އަންހެނަކު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ޒުވާނުންގެ މެދުގައި އޮތީ ހަގީގަތުގައި ވެސް ސީރިއަސް ކަންބޮޑުވުންތަކެއް ކަމަށާއި ނަމަވެސް، އެކަމުގައި ޒުވާނުންގެ މެދުގައި އޮތް ޖަޒުބާތުގެ ބޭނުން ހިފައިގެން ގައުމު ހަލަބޮލިކުރަން ސިޔާސީ މީހުންނަށް ފުރުސަތު ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
27 އެޕްރީލް 2025
އުސް އިމާރާތަކުން އަންހެނަކު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ޒުވާނުންގެ މެދުގައި އޮތީ ހަގީގަތުގައި ވެސް ސީރިއަސް ކަންބޮޑުވުންތަކެއް ކަމަށާއި ނަމަވެސް، އެކަމުގައި ޒުވާނުންގެ މެދުގައި އޮތް ޖަޒުބާތުގެ ބޭނުން ހިފައިގެން ގައުމު ހަލަބޮލިކުރަން ސިޔާސީ މީހުންނަށް ފުރުސަތު ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާނެ ސަރުކާރެއް ކަމަށާއި އެއްވެސް ރައްޔިތަކަށް ތަފާތެއް ނުކުރާނެ ކަމަށެވެ. ރައްޔިތުންގެ މެދުގައި ތަފާތުކޮށް އަނިޔާވެރިވުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި ހާދިސާގައި ވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑުގެ އުސޫލަކީ ހަގީގަތް ހޯދައި އިންސާފު ގާއިމުކޮށްދިނުން. އެއްވެސް ފަރާތަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން، އެ މީހާ ފޮރުވުމަށްޓަކައި ނުވަތަ އެމީހާއާ މެދު ތަފާތުކުރުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހާދިސާއާ ގުޅޭ ގޮތުން ޒުވާނުންގެ މެދުގައި އޮތް ކަންބޮޑުވުންތައް އެ މަނިކުފާނު ބަލައިގަންނަ ކަމަށެވެ. ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މުޒާހަރާތައް ފެށިގެން އައިއިރު އޮތީ ވަރަށް ސީރިއަސް ކަންބޮޑުވުންތަކެއްކަން ވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ ކަންބޮޑުވުންތަކަށް ބެލުމަށް ފަހު، ހާދިސާއާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.
ހާދިސާ ތަހުގީގު ކުރުމަށް ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން މިހާރު ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވައިފަ އެވެ. ރައީސް ވިދާޅުވީ އެ ކޮމިޝަނަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކޮމިޝަނެއް ކަމަށާއި ކޮމިޝަނަށް ވަރަށް ބޮޑެތި ބާރުތައް ދީފައިވާނެ ކަމަށެވެ. އެ ކޮމިޝަނަށް އެއްވެސް ކަމެއް ބަލައި، ފިޔަވަޅު އަޅަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ، ޓަކި ނުޖެހޭނެ ފަރާތެއް ނުހުންނާނެ. ބޭރު ގައުމަކުން އެހީ ހޯދަން ވިޔަސް އެކަން ކުރުމުގެ ބާރު ކޮމިޝަނަށް އޮންނާނީ ދީފައި. އެހެންވީމާ ވަރަށް ބޮޑެތި ބާރުތަކާ އެކު ކޮމިޝަން މި އުފެއްދީ. ދެން އިރާދަކުރެއްވިއްޔާ އެ ފައިންޑިންގްސްތައް ލިބިގެންދާނެ، ދެން ފުލުހުން އެ ކުރިއަށް ގެންދާ ތަހުގީގު ވެސް ހަމަ ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ރައީސް ދެއްވި އިންޓަވިއުގެ ތެރެއިން
ރައީސް ވިދާޅުވީ ދެފުށް ފެންނަ ގޮތަކަށް މައްސަލަ ބެލުމަށް ފަހު، އެއްވެސް މީހަކާ މެދު ތަފާތު ކުރުމެއް ނޯންނާނެ ކަމަށާއި އުފެދިފައި މިއޮތް ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ. އެއީ، އެ މަނިކުފާނަށް ގައުމުގެ ހަމަޖެހުމާއި އިންސާފާއި އަދުލުވެރިކަން ގާއިމްވެފައި އޮތުން ވަރަށް މުހިންމުވާތީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްޗަށް ބާރު ފޯރުވޭނެ އެކަކު ވެސް ނުހުންނާނެ. އަޅުގަނޑަކަށް ނުފޫޒު ފޯރުވޭނެ އެކަކު ވެސް ނުހުންނާނެ. އަޅުގަނޑު ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ރައްޔިތުންނަށް. އަޅުގަނޑަކީ ރައްޔިތުންގެ ހާދިމެއް. ރައްޔިތުންނޭ އަޅުގަނޑަށް ވޯޓުދީ ހޮވާފައި މި ހުރީ. އެހެންވީމަ އަޅުގަނޑަކަށް މުހިންމެއް ނުވާނެ އެއްވެސް މީހަކު ހިމާޔަތް ކުރުމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޒުވާނުންގެ ކަންބޮޑުވުންތައް ހައްލުކުރާނެ ކަމުގެ ޔަގީންކަންދީ، ވަކި މީހަކު ތަފާތުނުކޮށް އިންސާފު ގާއިމްކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެމުންގެންދާއިރު ޒުވާނުންގެ ޖަޒުބާތުގެ ބޭނުން ހިފައިގެން ގައުމު ހަލަބޮލިކުރަން ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
"މިހާރު ފެނިގެން އެބަދޭ ސިޔާސީ ފަރާތްތަކުން ތި ކުދިންގެ ބޭނުން، ތި ޝުއޫރުތަކުގެ ބޭނުންކޮށްގެން ގައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭ ތަން. މި ފެންނަނީ އެކަން ކުރަން ބަޔަކު އުޅޭތަން. އަޅުގަނޑު ހިތުން އެއީއެއް ނޫން އެ ކުދިން ވެސް ބޭނުންވާނެ ގޮތަކީ. އަދި އެއްވެސް އިންސާފާއި ހަމައަށް ލޯބިކުރާ މީހަކު ބޭނުންވާ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ގައުމުގައި ހަމަނުޖެހުން އުފައްދަން އެއްވެސް މީހަކަށް އެއްވެސް ފަރާތަކުން ފުރުސަތު ނުދޭށޭ. އެއީ އަޅުގަނޑުމެން އެއްވެސް ފަރުދަކަށް މަސްލަހަތު އޮތް ގޮތެއް ނޫނޭ. އަޅުގަނޑުމެން ގައުމުގައި ހަމަޖެހުން އޮތުމަކީ ކޮންމެ މީހަކަށް ވެސް އެންމެ މުހިންމުވާނެ ގޮތް."
ގ. ރަނައުރާގޭއާގޭ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ހިތްހަމަނުޖެހި، ޒުވާނުން ވަނީ ސިލްސިލާކޮށް މުޒާހަރާއެއް ފަށައިފަ އެވެ. އެ މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާއިރު ގިނަ ޑިމާންޑްތަކެއް ވެސް ސަރުކާރަށް ވަނީ ހުށަހަޅައިފަ އެވެ.
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސަށް
ދެ ހަފުތާ ތެރޭގައި ރިޕޯޓު ރައީސަށް އެރުވޭނެ: ކޮމިޝަން
18 އަހަރުން މައްޗަށް ގެދޮރު ދޭން މިއަހަރު ހުޅުވާލަނީ
ނެޝަނަލް ސާވިސްއަށް 600 އަށްވުރެ ގިނަ މީހުން އެދެފި
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ތަސްދީގުކޮށްފި
ޒުވާނުންގެ މުޒާހަރާތަކުގައި އެމްޑީޕީން ބައިވެރިވަނީ
"މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް"
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ޕެޓިޝަނުގައި 6000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި