Roadha Mihaaru

ގެދޮރު ނެތް 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ދޭ މަޝްރޫއަށް މި އަހަރު ހުޅުވާލަނީ

މި ސަރުކާރުގެ ވައުދާ އެއްގޮތަށް މިހާރު އެއްވެސް ބޯހިޔާވަހިކަމެއް ނެތި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއަށް މި އަހަރު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

18 އަހަރުން މައްޗަށް ގެދޮރު ދޭން މިއަހަރު ހުޅުވާލަނީ

މި ސަރުކާރުގެ ވައުދާ އެއްގޮތަށް މިހާރު އެއްވެސް ބޯހިޔާވަހިކަމެއް ނެތި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއަށް މި އަހަރު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މާލޭގެ ރަށްވެހިން ވެސް ހިމެނޭ ގޮތަށް، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، ދާއިމީ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ގޯތި ނޫނީ ފްލެޓު ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.

"އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް، ފަސްޓް ހޯމްގެ ގޮތުގައި މާލެ ސަރަހައްދުން، ރަސްމާލެ ވެސް ހިމެނޭ ގޮތަށް ގޯތި ނޫނީ ފްލެޓް ކަށަވަރުކޮށްދިނުމަށްޓަކައި، ހުޅުވާލާނަން އަޅުގަނޑުމެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ހުޅުވާލައި، އެ ފަރާތްތައް ކުރިމަތިލައި، އެ ފަރާތްތަކަށް ރަސްމީގޮތުން އަޅުގަނޑުމެން ކަށަވަރު ކަމުގެ ލިޔުން ދޭނަން، މި އަހަރު ނިމުމުގެ ކުރިން. އެއީ ޓާގެޓަކީ."

މި އަހަރުގެ އަމާޒަކީ، ރައީސް ވިދާޅުވި ގޮތުގައި، މި އަހަރު ނިމޭއިރު، މާލޭގެ އެއްވެސް ރަށްވެއްސަކު އަމިއްލަ ވިޔަސް އަދި އާއިލީ ގޮތުން ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި އުޅުން ނިމުމަކަށް ގެނައުމެވެ.

އެ ވައުދާ އެކީގައި އަޅުގަނޑު ދެންނެވިން އާންމު އުސޫލުގެ މަތިން އެއްވެސް ފަރާތަކުން މަކަރު ހަދައިގެން، އޮޅުވާލައިގެން ނޫނިއްޔާ ޝަރުތު ހަމަނުވާ މީހަކު ޝަރުތު ހަމަވާ ކަމަށް އެއްވެސް ކަހަލަ ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވާ ނަމަ ކުރީގައި ވެސް ކެންސަލްވާ ގޮތަކަށް އެ މީހުން ކެންސަލް ވާނެއޭ. އެއީ މިއަދަކު ކުރާ ކަމެއް ނޫނޭ،"--- ރައީސް

އެފަދަ ފަރާތްތަކަށް ގޯތި ކަށަވަރުކޮށްދިނުމަށް ފަހު، މާލެ ސަރަހައްދަށް ބިން އިތުރުކުރުމަށް ރަސްމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ނިމެމުންދާ ވަރަކުން، އެ ތަންތަނުން އެ މީހުންނަށް ގޯތި ދޫކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ހާއްސަކޮށް ކޮންމެ ސަރުކާރަކުން ބަޔަކަށް ދީފައިވާ ގޯއްޗެއް އަދި ފްލެޓެއް ކަމަށް ވިޔަސް މި ސަރުކާރުން އެ އެއްޗެއް އަތުނުލާނެ ކަމަށް ވިދާޅުވެ އަބަދުވެސް ވެވަޑައިގަންނަވާ ވައުދު ރޭ ވެސް ހަނދާން އާ ކުރެއްވި އެވެ.

"އެ ވައުދާ އެކީގައި އަޅުގަނޑު ދެންނެވިން އާންމު އުސޫލުގެ މަތިން އެއްވެސް ފަރާތަކުން މަކަރު ހަދައިގެން، އޮޅުވާލައިގެން ނޫނިއްޔާ ޝަރުތު ހަމަނުވާ މީހަކު ޝަރުތު ހަމަވާ ކަމަށް އެއްވެސް ކަހަލަ ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވާ ނަމަ ކުރީގައި ވެސް ކެންސަލްވާ ގޮތަކަށް އެ މީހުން ކެންސަލް ވާނެއޭ. އެއީ މިއަދަކު ކުރާ ކަމެއް ނޫނޭ.