Roadha Mihaaru

ބިލްޑް އެކްސްޕޯ 2025: އެލިއާގެ ސްޓޯލަށް ޒިޔާރަތް ކުރުމުން އަގުހުރި އިނާމުތަކެއް ލިބޭނެ ޕްރޮމޯޝަނެއް

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ މި އަހަރުގެ "ބިލްޑް އެކްސްޕޯ 2025" ގެ އެލިއާގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން އަގުހުރި ތަފާތު އިނާމުތަކެއް ލިބޭނެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެލިއާގެ ސްޓޯލަށް ޒިޔާރަތް ކުރުމުން އިނާމުތަކެއް

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ގެންދާ މި އަހަރުގެ "ބިލްޑް އެކްސްޕޯ 2025" ގެ އެލިއާގެ ސްޓޯލަށް ޒިޔާރަތް ކޮށްގެން އަގުހުރި ތަފާތު އިނާމުތަކެއް ލިބޭނެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ބިލްޑް އެކްސްޕޯ" އަކީ އިމާރާތް ކުރުމާއި "ބިލްޑިންގް ސޮލިއުޝަން" ގެ ހާއްސަ އުފެއްދުންތައް އެއްތަނަކުން ފެންނަ އެކްސްޕޯއެކެވެ.

މާދަމާ ރޭ ނިމޭ މި އެކްސްޕޯގައި އެލިއާ ސްޓޯރާއި އެލިއާ ސޯމިލްގެ އުފެއްދުންތައް ފެންނަން ހުންނާނެ އެވެ.

މި އަހަރުގެ މި އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް ކަސްޓަމަރުންނަށް ހާއްސަ ތިން ޕްރޮމޯޝަނެއް އެލިއާގެ ސްޓޯލުން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެލިއާގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ލަކީޑްރޯ އިން ޓޯޓަލް ޓޫލްސްގެ އަގުހުރި ހަތަރު އިނާމެއް ދޭނެ އެވެ، އަދި ޓޯޓަލް ޓޫލްސް އާއި ސޯމިލްގެ ލަކުޑީގެ ބާވަތްތައް ގަންނަ މީހުންނަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެލިއާ އިން ބުންޏެވެ.

އެލިއާ އަކީ "ޓޯޓަލް ޓޫލްސް" ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑީލަރެވެ. "ޓޯޓަލް ޓޫލްސް" އަކީ ދާދި ފަހުން އެލިއާ އިން ތައާރަފްކޮށް، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބްރޭންޑެކެވެ.

އެލިއާއަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ އަދި އެ ވިޔަފާރީގައި 60 އަށް ވުރެ ގިނަ އަހަރު ފާހަގަ ކުރަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ. ލަކުޑި އާއި ހާޑްވެއާގެ ވިޔަފާރިން ފެށި އެލިއާގެ ވިޔަފާރި ފުޅާވެ އެއީ އިމާރާތް ކުރުމުގައި ފެންވަރު ރަނގަޅު ތަކެއްޗާއި ޓޫލްސް އަދި ހާޑްވެއާ ރާއްޖޭގައި މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުން އަންނަ ދިވެހިންގެ އިތުބާރު ލިބިފައިވާ ތަނެކެވެ.

އެލިއާގެ އުންމީދަކީ މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ ބިލްޑް އެކްސްޕޯގެ އެލިއާ ސްޓޯލަށް ވިހާ ވެސް ގިނަ ބަޔަކު ޒިޔާރަތްކޮށް ޕްރޮމޯޝަންތަކުގައި ބައިވެރިވުން ކަމަށް އެ ކުންފުނިން ބުންޏެވެ. ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު 9679797 އާ ގުޅުމުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.