ދިމިޝްގު (މާޗްް 16) - ސީރިއާގެ ވެރިރަށް ދިމިޝްގުގެ ކޯޓުތައް ހިމެނޭ އިމާރާތުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 31 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
16 މާޗް 2017
ދިމިޝްގު (މާޗްް 16) - ސީރިއާގެ ވެރިރަށް ދިމިޝްގުގެ ކޯޓުތައް ހިމެނޭ އިމާރާތުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 31 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޕެލަސް އޮފް ޖަސްޓިސް އިމާރާތަށް ވަންނަން ދިޔަ މީހާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ވަގުތު އޭނާ ވަނީ ގޮއްވާލައިފަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރަބްވާ އަވަށުގައި ދިން ބޮމުގެ ހަމަލާއެއްގައި ވަނީ 20 މީހުން މަރުވެފަ އެވެ.
މި ހަމަލާތައް ދީފައި މި ވަނީ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ސީރިއާގައި މަދަނީ ހަނގުރާމަ ފެށިތާ ހަ އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ. ސަަރުކާރުކާރާ ދެކޮޅަށް ފެށި ހަރަކާތް މަދަނީ ހަނގުރާމަ އަކަށް ބަދަލުވެ މިހާތަނަށް ވަނީ 320،000 މީހުން މަރުވެ އަދި 11 މިލިއަން މީހުން ހާލުގައި ޖެހިފަ އެވެ.
ޖާނުންފިދާވުމުގެ ހަމަލާ އަށް ފަހު ސީރިއާގެ ކޯޓު އިމާރާތުގެ ސަރަހައްދު ވަނީ ބަންދުކޮށްފައި. --ފޮޓޯ:އޭއެފްޕީ
ދިމިޝްގުގެ ފުލުހުންގެ ވެރިޔާ މުހައްމަދު ޚާއިރު ރަސްމީ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޖާނުންފިދާވި މީހާ ޕެލަސް އޮފް ޖަސްޓިސް އިމާރާތަށް ވަންނަން ދިޔައީ ސިފައިންގެ ޔުނިފޯމެއް ލައިގެން ކަމަށާއި އޭނާގެ އަތުގައި ޝޮޓްގަން އަކާއި އަތު ބޮން ހުރި ކަމަށެވެ. ފުލުހުންނަށް ޝައްކުވެގެން އޭނާ ބަލާ ފާސްކޮށް ޝޮޓް ގަން އަތުލުމާ އެކު އެ މީހާ ވަނީ އިމާރާތުގެ ތެރެއަށް ދުއްވައިގަނެ ގައިގައި ހަރުކޮށްފައި ހުރި ބޮންތައް ބޮއްވާލައިފަ އެވެ.
އެޓާނީ ޖެނެރަލް އަހުމަދު އަލް ސައިދު ވިދާޅުވީ ބޮން ގޮއްވާލި އިރު އެ ސަރަހައްދުގައި ވަކީލުންނާއި ފަނޑިޔާރުން އަދި އާއްމުން ގިނަ އަދަދަކަށް ތިބި ކަމަށެވެ.
މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ. އެކަމަކު ދިމިޝްގުގައި ހޮނިހިރު ދުވަހު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގެ ޒިންމާ ވަނީ އަލްގައިދާއާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށްވާ ތަހުރީރް އަލް ޝާމުން އުފުލައިފަ އެވެ. ހޮނިހިރު ދުވަހު ދިން ހަމަލާގައި 40 މީހުން މަރުވި އެވެ.
ދިމިޝްގުގައި ބޮމުގެ ހަމަލާ ދިނީ ފަތުހުއް ޝާމް
ޕާކިސްތާނުގެ ކޯޓެއްގައި ބޮމުގެ ހަމަލާއެއް ދީ 12 މަރު
ކޯޓް ކޮމްޕްލެކްސް އިމާރާތްކުރާނެ ބަޔަކު ހޯދަނީ
ޖުޑިޝަރީއަށް އާމްދަނީން ވަކި ޕަސެންޓެއް ކަނޑައަޅަނީ
"އިންސާފަށް ހުރި ގާނޫނީ ހުރަސް ހައްލު ކުރެވޭނެ"
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރައްވައިފި
ފަނޑިޔާރުން ނަމޫނާ ދައްކަވަން އިލްތިމާސްކުރައްވައިފި
8،000 އަށް ވުރެ ގިނަ މައްސަލަ ނުނިމި އެބައޮތް!
އިޒްރޭލާހެދި ހާލަތު އޮޅުންބޮޅުންވެއްޖެ: ސީރިއާގެ ލީޑަރު
އިޒްރޭލުން ސީރިއާ ސިފައިންގެ މަރުކަޒަށް ބޮން އަޅައިފި