އެ ފޮޓޯތައް ފެނުމުން ދިވެހި ފުޓްބޯޅައިގެ އުފާވެރި މާޒީގެ ހަނދާންތައް ގެނުވާނެ އެވެ. އެކަމަކު އެއީ ކުރީގެ ފޮޓޯތަކެއް ނޫނެވެ. އިހަކަށް ދުވަހު ޝޫޓުކޮށްފައިވާ އެ ފޮޓޯތަކުން ފެންނަނީ 2000 ވަނަ އަހަރު މުހިއްމު ދެ މުބާރާތެއްގައި ގައުމީ ޓީމު ބޭނުންކުރި ޖާޒީގައި، އޭރުގެ ފޯވާޑް އަލީ ޝިހާމް (އައްޔަ) އެވެ.
އެ ފޮޓޯތައް ފެނުމުން ދިވެހި ފުޓްބޯޅައިގެ އުފާވެރި މާޒީގެ ހަނދާންތައް ގެނުވާނެ އެވެ. އެކަމަކު އެއީ ކުރީގެ ފޮޓޯތަކެއް ނޫނެވެ. އިހަކަށް ދުވަހު ޝޫޓުކޮށްފައިވާ އެ ފޮޓޯތަކުން ފެންނަނީ 2000 ވަނަ އަހަރު މުހިއްމު ދެ މުބާރާތެއްގައި ގައުމީ ޓީމު ބޭނުންކުރި ޖާޒީގައި، އޭރުގެ ފޯވާޑް އަލީ ޝިހާމް (އައްޔަ) އެވެ.
އައްޔަ ލައިގެން އެ ހުރީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި، އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ބޭނުންކުރި ރަތާއި، ފެހި ކުލައިގެ ޖާޒީގެ ރީ-ކްރިއޭޝަނެކެވެ. ސައްތައިން ސައްތަ ދިވެހި ޖާޒީ ބްރޭންޑެއް ކަމަށްވާ ޖޮޒީ އިން، އޭރުގެ ޖާޒީ އަސްލަކަށް ބަލައިގެން އޭގެ 25 އަހަރު ފަހުން ތައްޔާރުކުރި މި ރެޕްލިކާގެ ބޭނުމަކީ، އޭރުގެ ކުޅުންތެރިން ކުރި މަސައްކަތާއި، ދެއްކި ޖޯޝުގެ އަގުވަޒަންކުރުމެވެ.
"ފުޓްބޯޅަ އަށް އޮންނަ ލޯތްބެއްގެ ސަބަބުން، އެ ކުޅުންތެރިންގެ އަގުވަޒަންކޮށްލާ، އެ ހަނދާންތައް އާކޮށްލަން ކުރި ކަމެއް މިއީ،" ޖޮޒީގެ ފައުންޑަރު އަބްދުﷲ ހަމްދޫން ބުންޏެވެ.
"ދިވެހި ފުޓްބޯޅަ އަށް ދިވެހިންގެ ހިތްތަކުގައި ލޯބި އޮތްވަރު އެނގިއްޖެ މި ޖާޒީ އަށް ލިބުނު ތަރުހީބުން. މީގެ އަނެއް ބޭނުމަކީ ވެސް އެއީ. ފޯރި އަލުން ގެންނަން ކުޑަ ނަމަވެސް ކަމެއް ކުރުން."
އޭނާ ބުނީ މިއީ ވިއްކަން ހެދި ޖާޒީއެއް ނޫން ކަމަށާއި، އެކަމަކު ސޯޝަލް މީޑިއާގައި މި ޖާޒީ ޕޯސްޓްކުރުމުން ވަރަށް ގިނަ ބަޔަކު ގަންނަން ބޭނުންވެގެން ގުޅަމުން އަންނަ ކަމަށެވެ.
މި ރީ-ކްރިއޭޝަން ޖޮޒީ އިން ހާއްސަކުރީ އެ އަހަރު 19 ނަމްބަރު ޖާޒީގައި ގައުމީ ޓީމަށް ކުޅުނު އައްޔަ އަށެވެ. އައްޔަ ބުނީ ފޮޓޯ ނަގަން މި ޖާޒީ ލުމާ އެކު އާވީ ވަރަށް އުފާވެރި ހަނދާންތަކެއް ކަމަށާއި، ކުރެވުނީ އޭރުގެ އިހުސާސް ކަމަށެވެ.
"އަނެއްކާ 19 ނަމްބަރަކީ އަޅުގަނޑުގެ ފޭނުންނަށް ވަރަށް ހާއްސަ ނަމްބަރެއް. ގައުމީ ޓީމުގައި އެންމެ ފުރަތަމަ ބޭނުންކުރި ގޮތަށް، ފަހުން 10 ނަމްބަރު ލިބުމުން ވެސް، މި ނަމްބަރު ދޫނުކޮށް މީގައި ކުޅުނީ. މިހާރު ވެސް ރަށްރަށަށް ދާއިރު، މި ނަމްބަރުގެ ވާހަކަ ދައްކާނެ،" އައްޔަ ބުންޏެވެ.
އޭނާ ބުނީ މި ޖާޒީ ބޭނުންވެގެން ވަރަށް ގިނަ ބަޔަކު އޭނާ އަށް ގުޅާ ކަމަށާއި، ޖޮޒީ އިން ސަޕޯޓަރުންނަށް އެކަމުގެ މަގުފަހިކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"މިކަހަލަ ކަންކަމަކީ ވަރަށް މުހިއްމު ކަމެއް. ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މިފަދަ ކަންކަން ކުރުމަކީ ފޯރި އާލާވާނެ ކަމެއް. އަޅުގަނޑު ބޭނުންވޭ އަލީ އުމަރާއި، ދަގަނޑޭ އާއި، އޮއްޕޮ ފަދަ ކުޅުންތެރިންގެ ނަމްބަރުތަކާ އެކު މި ފަދަ ޖާޒީތައް އަންނާނެ ކަމަށް،" އައްޔަ ބުންޏެވެ.
މި ޖާޒީގައި ގައުމީ ޓީމު ކުޅުނު އެންމެ ހާއްސަ މުބާރާތަކީ ދިވެހި ފުޓްބޯޅަ އަށް ބައިގަރުނު ފުރުން ފާހަގަކުރަން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތެވެ. ސަރަހައްދީ ގައުމުތަކަށް ދައުވަތު ދީގެން މާލޭގައި ބޭއްވި އެ މުބާރާތަކީ ގައުމީ ޓީމު ރާއްޖޭގައި ކުޅުނު ފުރަތަމަ މުބާރާތް ވެސް މެ އެވެ. އައްޔަ އަކީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ 1-1 އިން އެއްވަރުވި މެޗުގައި ރާއްޖޭގެ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެ ފަހަރު ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވި މެޗުގައި އައްޔަގެ އަނގަމަތި ފަޅައިގެން ގޮސް ވަރަށް ބޮޑަށް ހާނިއްކަ ވެސް ވި އެވެ. އެ މުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔަ ނަމަވެސް ޕެނަލްޓީ ޖަހައިގެން ލަންކާ އަތުން ބަލިވީ އެވެ.
2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތުގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރަ ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނެޝަނަލް އާކައިވްސް
މި ޖާޒީގައި ދެން ރާއްޖެ ކުޅުނީ އޭޝިއަން ކަޕް ކޮލިފައިން އެވެ. ސީރިއާގެ ހަލަބުގައި ސެންޓްރަލައިޒްކޮށް ކުޅުނު ކޮލިފައިންގައި ރާއްޖެ ގްރޫޕުގެ ފުލަށް ދިޔަ ނަމަވެސް، ނަތީޖާ ގޮތުން ކުރިއެރުން ހޯދި އެވެ. އެގޮތުން އޭގެ ތިން އަހަރު ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި 17 ލަނޑުން ބަލިވި އީރާނާ ކުޅެ ނަތީޖާ 3-0 އަށް ތިރިކުރި އެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މުބާރާތް ވެސް މެ އެވެ.
ގައުމީ ޓީމުން އޭރު ބޭނުންކުރީ ރަތާއި، ފެހި ހިމެނޭ ޖާޒީ ކަމަށްވިޔަސް ފަހުން ވަނީ އެ ސަގާފަތް ބަދަލުވެފަ އެވެ. ގައުމީ ޓީމު 2004 އިން ފެށިގެން ހޯމް މެޗުތަކަށް ބޭނުންކުރަނީ ޖާޒީ އާއި ސޯޓު ވެސް ރަތުން، އަދި އަވޭ މެޗުތަކަށް ދެބައި ވެސް ނޫ ކުލައިން ފަރުމާކޮށްފައިވާ ޖާޒީ އެވެ. އެހެންވެ ފެއްސާއި، ރަތުގެ ޖާޒީ މިހާރު ވެފައިވަނީ ކްލެސިކަކަށެވެ.
ސާފުގައި ގައުމީ ޓީމަށް ކޯޗުކޮށްދޭނެ މީހަކު ހޯދަނީ
އިތުރު ފަރުވާ އަށް ކައްޕި ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ
ކައްޕި އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނީ
ފިލިޕީންސް އަތުން ބަލިވެ ރާއްޖޭގެ ފެށުން ގޯސް
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު
ސާންތިގެ ފަހު މެސެޖް: އެދުނީ ގުޅިގެން މަސައްކަތްކުރަން
"ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން"
ޗެތުރީ އެނބުރި އައިސް ގޯލަކާއެކު އިންޑިއާ މޮޅުކޮށްދީފި
އުމުރުން 87 ވިޔަސް ޗެތުރީ ނަގާނަން ގޯލު ޖަހަންޏާ
އިންޑިއާގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު: ސުޒޭން