ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފްލެޓުތަކަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
17 އެޕްރީލް 2025
ގެދޮރުވެރިޔާގެ ސްކީމުން ދޫކުރާ ފްލެޓުތަކަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފެށި ފްލެޓުތައް ލިބޭ ލިސްޓަށް ޝަކުވާ ހުށަހަޅަން މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ހުޅުވާލައި އެ މުއްދަތު މިދިޔަ އަންގާރަ ދުވަހުގެ ރޭ 12:00 އަށް ވަގުތު ހަމަވިއިރު 8،602 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
މިނިސްޓްރީން ބުނީ ގެދޮރުވެރިޔާގެ ޕޯޓަލް އިން 4،652 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެއް ޝަކުވާއަށް ވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވުމުން ޕޯޓަލް އިން ޖުމްލަ 5،236 ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
އޭގެ ތެރޭގައި ސައްހަކަން ކަށަވަރުކުރި 4،000 ފްލެޓު ލިބޭ ލިސްޓުގައި ހިމެނޭ 2،555 މީހުން ހިމެނެ އެވެ.
ހައުސިން މިނިސްޓްރީން މިހާރު އަންނަނީ އެ ޝަކުވާތައް ބަލަމުންނެވެ.
އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި ސިޓީން 526 ޝަކުވާ ހުށަހަޅާފައިވެ އެވެ. އެކަމަކު، އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިނިސްޓްރީން ބަލާނީ، ބަޔާނުގައި ބުނިގޮތުގައި ލިސްޓުގައި ހިމެނޭ މީހުންނާ ގުޅިގެން ތިން ވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
މިދިޔަ ސަރުކާރުގައި ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އިއުލާނުކުރި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ބޮޑެވެ. ކުރީ ސަރުކާރުން ދިން ދެ ވަނަ ފުރުސަތުގައި، މާލޭގައި އުޅުނުކަން ސާބިތުކުރަން ގިނަ ބަޔަކު ލިޔެކިޔުންތައް ހުށަހެޅިޔަސް އެ ހުށަހެޅުންތަކަށް މިފަހަރު ނުބަލާ ކަމަށް ބުނެ އެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ.
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
ދެ ކޮޓަރި 7،000ރ.، ތިން ކޮޓަރި 9،500ރ.
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ވިލިމާލެ ހޮސްޕިޓަލަކީ އެންމެ ބޮޑު ހޮސްޕިޓަލަށް ވާނެ
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ
ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ހަވާލުކުރަނީ