15 މާޗް 2017
މޮގަދިޝޫ (މާޗް 15) - ސޮމާލިއާގެ ކަނޑުގެ ސަރަހައްދުން ފޭރިގަތް ސްރީ ލަންކާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަށް އެރި މީހުން ފައިސާ އަށް ޑިމާންޑް ކުރަމުންދާ ކަމަށް ކަނޑުފޭރުމާ ދެކޮޅަށް ހަރަކާތްތެރިވާ ޔޫރަޕިއަން ޔޫނިއަންގެ ނޭވަލް ފޯސް އިން ބުނެފި އެވެ.
މޮގަދިޝޫ (މާޗް 15) - ސޮމާލިއާގެ ކަނޑުގެ ސަރަހައްދުން ފޭރިގަތް ސްރީ ލަންކާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަށް އެރި މީހުން ފައިސާ އަށް ޑިމާންޑް ކުރަމުންދާ ކަމަށް ކަނޑުފޭރުމާ ދެކޮޅަށް ހަރަކާތްތެރިވާ ޔޫރަޕިއަން ޔޫނިއަންގެ ނޭވަލް ފޯސް އިން ބުނެފި އެވެ.
ސޯމާލިއާ ސަރަހައްދުގައި ކަނޑު ފޭރުން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގާ ޔޫރަޕިއަން ޔޫނިއަން ނޭވަލް ފޯސް އިން ވަނީ ބޯޓުގެ ކެޕްޓަނާ ވާހަކަ ދައްކައިފަ އެވެ. ކެޕްޓަނާ ހަވާލާދީ ނޭވަލް ފޯސް އިން ބުނީ ބޯޓުގެ ފަޅުވެރިން ވަނީ ކޯޓަރިއެއްގައި ބަންދުކޮށްފައި ކަމަށެވެ. ހަތިޔާރާ އެކު ބޯޓަށް އެރި ކަނޑުފޭރޭ މީހުން ޑިމާންޑްކުރާ ފައިސާގެ އަދަދު ބުނެފައެއް ނުވެ އެވެ.
މިއީ ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުތެރޭ ހިންގި މި ބާވަތުގެ ފުރަތަމަ ހާދިސާ އެވެ. ކަނޑުފޭރެން އުޅޭ ކަމުގެ ސިގްނަލް ތެޔޮ ބޯޓުން ދިނީ ހޯމަ ދުވަހު ހަވީރެވެ. ބޯޓުން އަންގާފައި ވަނީ ހައި ސްޕީޑް ބޯޓުތަކުން އެ ބޯޓާ ގާތްވަމުންދާ ކަމަށެވެ. އޭރު ތެޔޮ ބޯޓު ދިޔައީ ޖިބޫތީން ސޯމާލިއާގެ ވެރިރަށް މޮގަދިޝޫ އަށް ދަތުރު ކުރަމުންނެވެ. ބޯޓުު މިހާރު އޮތީ ސޯމާލީއާގެ އުތުރުގައި އެންކާ ކޮށްފަ އެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ކިބައިން ސަލާމަތްވުމަށް ޔޫރަޕިއަން ޔޫނިއަން ނޭވަލް ފޯސް އިން ތަމްރީނުތަކެއް ހަދަނީ.
ބޯޓު ގެންދިޔަ ސޯމާލިއާގެ އަލޫލާ ސަރަހައްދުގެ ޑިސްޓްރިކްޓް ކޮމިޝަނާ އަލީ ޝިރީ މުހައްމަދު ވިދާޅުވީ ހަތިޔާރާ އެކު ތެޔޮ ބޯޓަށް އެރި މީހުން ބުނެފައި ވަނީ އެ މީހުންނަކީ މަސްވެރިން ކަމަށެވެ.
"ބޯޓަށް އެރި މީހުން ބުނަނީ އެ މީހުންގެ މަސްވެރިކަމުގެ ސާމާނުތައް ވަނީ ގަވާއިދާޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބަޔަކު ހަލާކުކޮށްފައި ކަމަށް. އެ މީހުންނަކީ ކަނޑުފޭރޭ މީހުންނަށްވާ ނަމަ ވަގުތުން ބޯޓުން ފޭބުމަށް ވަނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.
ބާރަހާސް ޓަނުގެ ބޯޓަށް ހަތިޔާާރާ އެކު އަށް މީހަކު އަރާފައިވާ ކަމަށްވެ އެވެ. އެ ބޯޓުގައި ލަންކާގެ ދިދައެއް ހުރި ނަމަވެސް އެއީ ޔޫއޭއީގެ ބޯޓެކެވެ.
ސްރީ ލަންކާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ގައުމުގެ އަށް މީހުން އެ ބޯޓުގައި ތިބި ކަމަށެވެ.
މިއީ 2012 ވަނަ އަހަރުގެ ފަހުން ސޯމާލިއާ ސަރަހައްދުގައި ކަނޑުފޭރޭ މީހުން ވިޔަފާރި މުދާ އުފުލާ ބޯޓެއް ހައިޖެކްކުރި ފުރަތަމަ ފަހަރެވެ.
ފޭރޭ މީހުން އަތުލި ބަންގްލާދޭޝްގެ ބޯޓު ދޫކޮށްލައިފި
ފޭރޭ މީހުންގެ އަތްދަށުން ލަންކާގެ ބޯޓު ސަލާމަތްކޮށްފި
ރާއްޖޭ ސަރަހައްދުން ފެނުނީ ސޯމާލިއާ ބައެއް: ޕޮލިސް
އިންޑިއާގެ ބޯޓެއް ސޯމާލިއާގެ ބޭރުން ކަނޑު ފޭރިއްޖެ
ސޯމާލިއާ ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި
ސޯމާލިއާ ބަޔަކާ އެކު ރަށަކަށް ޑިންގީއެއް ލައްގައިފި
މިދިޔަ އަހަރު ފޭރުނު ބޯޓެއް އިންޑިއާއިން ސަލާމަތްކޮށްފި
ފޭރޭ މީހުން ބަންގްލާދޭޝްގެ ބޯޓެއް އަތުލައިގެންފި
އިންޑިއާ ސިފައިން އަނެއްކާވެސް ބޯޓެއް ސަލާމަތްކޮށްފި
ލަންކާގެ ފޭރުނު ބޯޓު ހޯދަން އިންޑިއާގެ މަނަވަރެއް