14 މާޗް 2024
ސޯމާލިއާގެ ކަނޑުފޭރޭ މީހުން ބަންގްލާދޭޝްގެ ބަލްކް ކެރިއަރެއް 23 ފަޅުވެރިންނާ އެކު އަތުލައިގެންފި ކަމަށް އެ ބޯޓުގެ ވެރިފަރާތުން ބުނެފި އެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުން ބަންގްލާދޭޝްގެ ބަލްކް ކެރިއަރެއް 23 ފަޅުވެރިންނާ އެކު އަތުލައިގެންފި ކަމަށް އެ ބޯޓުގެ ވެރިފަރާތުން ބުނެފި އެވެ.
"އެމްވީ އަބްދުﷲ" ފޭރިގަތީ މޮޒަމްބީކްގެ ވެރިރަށް މަޕޫޓޯ އިން ފުރައިގެން 55،000 ޓަނުގެ ކޯލް ހިފައިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް ދަތުރުކުރަނިކޮށެވެ. ބޯޓަށް ހަމަލާދީ އަތުލައިގަތީ އިއްޔެ މެންދުރު ކަމަށް ވެސް ބުންޏެވެ.
"ބޯޓު ފޭރިގަންނަން ސޯމާލިއާގެ ފޭރޭ މީހުންގެ 15-20 މީހަކު ބޯޓަށް އެރި،" ބޯޓު އޮޕަރޭޓްކުރާ ކުންފުނި ކަބީރް ސްޓީލް ރި-ރޯލިން މިލްސްގެ ސީއީއޯ މެހްރުލް ކަރީމް ވިދާޅުވި އެވެ.
ބޯޓު އެއް ފަޅުވެރިޔަކު ރަހީނުކޮށް އޭނާ ލައްވާ ދައްކުވާފައިވާ ވާހަކަތަކެއްގެ އޯޑިއޯ އެ ކުންފުނިން ވަނީ އާންމުކޮށްފަ އެވެ. އޭގައި އޭނާ ބުނަނީ ފޭރޭ މީހުން އައި ކުޑަ ދެ ސްޕީޑް ބޯޓުގައި ކަމަށާއި އެ މީހުން ބޯޓާ ކައިރި ކުރުމަށް ފަހު ބަޑިން ހަމަލާދޭން ފެށީ ކަމަށެވެ.
ކަރީމް ވިދާޅުވީ ފަޅުވެރިންނަށް އަނިޔާއެއް ނުވާ ކަމަށާއި އެ މީހުންގެ ޚަބަރެއް ފަހުން ނުލިބޭ ކަމަށެވެ.
ކުންފުނީގެ ތަރުޖަމާނު މީޒާނުލް އިސްލާމް ވިދާޅުވީ ބޯޓު ފޭރިގަތީ ސޯމާލިއާއާ 550 ނޯޓިކަލް މޭލް (1،000 ކިލޯމީޓަރު) ދުރުން ކަމަށެވެ.
ސޯމާލިއާގެ ފޭރޭ މީހުންގެ ނުރައްކާ ކުޑަވެފައި އޮތުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އިތުރުވާން ފެށީ ޔަމަންގެ ހޫތީން ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދޭން ފެށުމާ އެކު އެ ސަރަހައްދުގެ ރައްކާތެރިކަމަށް ގައުމުތަކަށް އިސްކަންދީ ސޯމާލިއާ ސަރަހައްދަށް ސަމާލުކަން ކުޑަވެފައި ވަނިކޮށެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވީ 2011 ވަނަ އަހަރު އެވެ. ސޯމާލިއާގެ އައްސޭރިއާ 2،270 މޭލު ދުރުން އިންޑިއާ ކަނޑުގެ ތެރޭގައި ވެސް ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމަށް ފަހު މިދިޔަ އަހަރުތަކުގައި ވަނީ މިކަން ވަރަށް ބޮޑަށް މަދުވެފަ އެވެ. މިދިޔަ މަހު ސޯމާލިއާ މީހުން ވަނީ މޯލްޓާގެ ދިދާގައި ދަތުރުކުރި ބަލްގޭރިއާގެ ބަލްކް ކެރިއަރު އެމްވީ ރުއެން ފޭރިގެންފަ އެވެ. މި ބޯޓުން ޒަހަމްވި ފަޅުވެރިއަކު އިންޑިއާ ސިފައިންނާ ހަވާލުކުރުމަށް ފަހު ދެން ތިބި 17 މީހުން ވަނީ ސޯމާލިއާއަށް ގެންގޮސްފަ އެވެ. --އޭއެފްޕީ
ފޭރޭ މީހުން އަތުލި ބަންގްލާދޭޝްގެ ބޯޓު ދޫކޮށްލައިފި
މިދިޔަ އަހަރު ފޭރުނު ބޯޓެއް އިންޑިއާއިން ސަލާމަތްކޮށްފި
ފޭރޭ މީހުންގެ އަތްދަށުން ލަންކާގެ ބޯޓު ސަލާމަތްކޮށްފި
އިންޑިއާގެ ބޯޓެއް ސޯމާލިއާގެ ބޭރުން ކަނޑު ފޭރިއްޖެ
މަސްރަހު ފިނިކުރަން އިންޑިއާގެ މަންދޫބެއް ބަންގްލަދޭޝަށް
އިންޑިއާގެ އުނދަގުލާ ދެކޮޅަށް ތެދުވާންޖެހޭ: ޔޫނުސް
ބަންގްލާދޭޝް އާއި އިންޑިއާގެ ބަހުގެ ހަމަލާ ވަރުގަދަަވަނީ
ހަސީނާ ހައްޔަރުކުރަން އައިސީސީގެ އެހީއަށް އެދެނީ
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް