ބަންގްލާދޭޝް އަށް ސައޫދީ އަރަބިއްޔާއިން ކަނޑައަޅާފައި ހުންނެވި ސަފީރަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ބަންގްލާދޭޝްގެ މޮޑެލްއަކު، ގައުމުގެ ސިޔާސީ ގުޅުންތަކަށް ނުރައްކާކުރި ކަމަށް ބުނެ ހައްޔަރުކޮށްފި އެވެ.
ބަންގްލާދޭޝް އަށް ސައޫދީ އަރަބިއްޔާއިން ކަނޑައަޅާފައި ހުންނެވި ސަފީރަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ބަންގްލާދޭޝްގެ މޮޑެލްއަކު، ގައުމުގެ ސިޔާސީ ގުޅުންތަކަށް ނުރައްކާކުރި ކަމަށް ބުނެ ހައްޔަރުކޮށްފި އެވެ.
މެގްނާ އަލަމް ހައްޔަރުކުރުމަށް ފަހު ބަންގްލާދޭޝް ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ "މުހިންމު ބަޔަކާ މެދު" ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ ކަމަށެވެ. އެކަމަކު ހައްޔަރުކޮށް ބަހައްޓާފައި ހުރީ ގާނޫނީ ގޮތުން އެއްވެސް ތުހުމަތެއް އޮވެގެންނެއް ނޫނެވެ.
"މި މުހިންމު ބޭފުޅުންނަކީ އެހެން ގައުމުތަކުގެ ބޭފުޅުން،" ފުލުހުންގެ ތަރުޖަމާނު މުހައްމަދު ތާލިބުއްރަހްމާން އޭއެފްޕީއަށް ވިދާޅުވި އެވެ.
އުމުރުން 30 އަހަރުގެ މޮޑެލްގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު ވަނީ ބަންގްލާދޭޝްއަށް ކުރިން ކަނޑައަޅާފައި ހުރި ސައޫދީ ސަފީރާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ކަމަށެވެ.
"އެމްބެސެޑަރާއި މެގްނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ދަރިފުޅު ވަނީ ސަފީރުގެ ކައިވެނީގެ ހުށަހެޅުމަށް ދެކޮޅު ހަދާފައި. އެއީ ސަފީރުގެ މިހާރު ވެސް އަންބަކާއި ދަރިން ތިބޭތީ،" އޭނާ ބުންޏެވެ.
އޭނާގެ މި ވާހަކަތައް އޭއެފްޕީއަށް ކަށަވަރެއް ނުވެ އެވެ. މިކަމުގައި ބަހެއް ހޯދަން، ޑާކާގައި ހުންނަ ސައޫދީ އެމްބަސީއަށް ގުޅައިގެން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
މެގްނާ އަކީ 2020 ވަނަ އަހަރުގެ "މިސް އާތު ބަންގްލާދޭޝް" އެވެ. މިދިޔަ ބުދަ ދުވަހު މެގްނާ ވަނީ އޭނާގެ ގެޔަށް ބަޔަކު ގަދަކަމުން ވަންނަން އުޅޭކަމަށް ބުނެ އެ މަންޒަރު ލައިވްސްޓްރީމް ވެސް ކޮށްފަ އެވެ.
އޭނާ ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިނީ ހުކުރު ދުވަހު އެވެ. އެއީ ގައުމުގެ ސަލާމަތަށް ބުރޫއަރާ ކަންކަން ކުރާ ކަމަށް ބުނެ އެވެ. އޭނާ ހައްޔަރުކުރީ "ހާއްސާ ބާރުތަކުގެ ގާނޫނު" ގެ ދަށުންނެވެ. މިއީ މުއްދަތެއް ނެތް ގޮތަށް މީހުން ހައްޔަރުކޮށްފައި ބައިތިއްބަން ގާނޫނީ ބާރު ލިބިދޭ ގާނޫނެކެވެ. އަދި މިއީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވާ ގާނޫނެކެވެ.
ސަޢޫދީ އަރަބިއްޔާއަކީ ބަންގްލަދޭޝްއަށް އަބަދުވެސް މާލީގޮތުންނާއި އިންސާނިއްޔަތު ކަމުގެ ގޮތުން އެހީވާ ގައުމެކެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ ސައޫދީ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބަންގްލަދޭޝްގެ 2.16 މިލިއަން މަސައްކަތްތެރިން ވެސް އެ ގައުމުގައި އެބަތިއްބެވެ. -- އޭއެފްޕީ
ބަންގްލާދޭޝް ޕާސްޕޯޓްގައި އިޒްރޭލަށް ނުދެވޭގޮތް ހަދައިފި
ބަންގްލާދޭޝް އިން ވެސް ސްޓާލިންކަށް ލައިސަންސް ދީފި
ހަސީނާގެ ޕާޓީ މަނާކުރުމުގެ ވިސްނުމެއް ނެތް: ޔޫނުސް
ދަރިވަރަކު މަރާލި 20 މީހުންގެ މަރުގެ ހުކުމަށް ތާއީދު
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު
ބަންގްލަދޭޝް ލޭބަރުން ގެނައުން އަނެއްކާ ހަރުކަށިކޮށްފި
ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުންގެ ސިޔާސީ ޕާޓީއެއް
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
"ހަސީނާގެ" ގޭންގުތަކުގެ 1300 މީހަކު ހައްޔަރުކޮށްފި