Roadha Mihaaru
އިންޑިއާގެ ބޯޓެއް ސޯމާލިއާގެ ބޭރުން ކަނޑު ފޭރިއްޖެ

އިންޑިއާގެ ބޯޓެއް ސޯމާލިއާގެ ބޭރުން ކަނޑު ފޭރިއްޖެ

03 އެޕްރީލް 2017

މޮގަދިޝޫ (އެޕްރީލް 3) - އިންޑިއާގެ ކާގޯ ބޯޓެއް ސޯމާލިއާގެ ކަނޑުފޭރޭ މީހުން އެ ގައުމުގެ ސަރަހައްދުން ހިފަހައްޓާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮގަދިޝޫ (އެޕްރީލް 3) - އިންޑިއާގެ ކާގޯ ބޯޓެއް ސޯމާލިއާގެ ކަނޑުފޭރޭ މީހުން އެ ގައުމުގެ ސަރަހައްދުން ހިފަހައްޓާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބައެއް ފަރާތްތަކުން ބުނި ގޮތުގައި ސޯމާލިއާގެ ސަރަހައްދުގައި ހިމެނޭ ޕަންޓްލޭންޑުން ކަނޑުފޭރުނު ބޯޓު މިހާރު ވަނީ އެ ގައުމުގެ ސަރަހައްދަށް ގެންދަން މިސްރާބު ޖަހައިފަ އެވެ. ބޯޓުގައި 11 ފަޅުވެރިން ތިބި ކަމަށްވެ އެވެ. ބޯޓު ހައިޖެކްކުރި އިރު ދަތުރުު ކުރަމުން ދިޔައީ ދުބާއީން ޔަމަނަށެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ވަނީ މި ސަރަހައްދުން، ލަންކާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ކަނޑު ފޭރިފަ އެވެ. އެ ބޯޓު ފަހުން ވަނީ ދޫކޮށްލައިފަ އެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ސޯމާލިއާގެ ސަރަހައްދުގައި ހިންގި ކަނޑުފޭރުމުގެ ފުރަތަމަ ހާދިސާ އެވެ.

"އިންޑިއާގެ ކާގޯ ބޯޓެއް ސޯމާލިއާގެ ކަނޑުފޭރޭ މީހުން ހައިޖެކްކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. ބޯޓު މިހާރު މިސްރާބު ހުރީ ސޯމާލިއާއާ ދިމާލަށް،" ޕަންޓްލޭންޑުގައި ކަނޑުފޭރުމާ ދެކޮޅަށް ހިންގާ އެޖެންސީގެ ކުރީގެ ޑިރެކްޓަރު އަބްދުއްރައްޒާގު މުހައްމަދު ދިރީރް ވިދާޅުވި އެވެ.

ސޯމާލިއާގެ ސަރަހައްދުގައި ހިންގާ ކަނޑުފޭރުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ކަނޑު ފޭރުމުގެ ހާދިސާތައް 2011 ވަނަ އަހަރު އިންތިހާ އަށް މައްޗަށް ދިއުމުން ބައިނަލްއަގުވާމީ ސިފައިން ވަނީ އެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓަން ފަށައިފަ އެވެ.