މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއާނަސް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
16 އެޕްރީލް 2025
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއާނަސް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެ ޕްރޮގްރާމުގެ ދަށުން މިއަދު ބޭއްވި ފުރަތަމަ ސެޝަނަކީ އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި ބޭއްވި ސެޝަނެކެވެ. އެ ސެޝަން ހާއްސަކޮށްފައިވަނީ "ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް" މައުލޫއަށެވެ.
އެ ސެޝަންގައި ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ ކުނި މެނޭޖްކުރާނެ ގޮތްތަކާބެހޭ މައޫލޫމާތު ވަނީ ދީފަ އެވެ.
އެމްއޭސީއެލްގައި މިއަދު ކުރިއަށް ގެންދިޔަ ސެޝަންގެ ބައިވެރިން.
އެ ސެޝަން ނަގައި ދިނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުންނެވެ. އެ ސެޝަންގައި ތިމާވެށި ހިމާޔަތްކުރުމުގައި ކުންފުނިތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭގޮތުން އެމްއޭސީއެލްގެ މުވައްޒަފުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.
އެމްއޭސީއެލްގައި މިއަދު އޮތް ސެޝަންގައި ތިމާވއްޓާއި ގުޅޭ މައުލޫމާތު ދެނީ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާގުޅިގެން ކުރިޔަށްގެންދާ އެ ޕްރޮގްރާމަކީ އެމްއޭސީއެލް ގެ ދެމެހެއްޓެނެވި ލަނޑުދަނޑިތަކަށް ވާސިލްވުމުގެ އަމާޒުގައި މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެމްއޭސީއެލް "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ހަކަތައާއި ތިމާވެއްޓާ ގުޅުންހުރި ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް
ވީއައިއޭގައި ޓޯބާލެސް ވެހިކަލް ބޭނުންކުރަން ފަށަނީ
އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ޗެކިން ވާން އެދެފި
އެމްއޭސީއެލްއަށް ބިލިއަން ރުފިޔާގެ ފައިދާ
އެމްއޭސީއެލަށް ނޫރްއައިން، އެޗްޑީސީއަށް ޝަހީރު
ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވަނީ
އެއާޕޯޓަށް ބާރުބޮޑުވާނެތީ އަވަހަށް ޗެކިން ވާން އެދެފި
ވެލާނާ އެއާޕޯޓަށް 74 ސެކިއުރިޓީ އޮފިސަރުން ހޯދަނީ
ނިޔާމަ ދަތުރެއްގައި އެއާޕޯޓުގެ މި މުވައްޒަފުންގެ ހިއްސާ
ވީއައިއޭއަށް 59: ކުރިއަށް އޮތީ ބޮޑެތި ތަރައްގީތަކެއް