ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ އެއްބައި އަންނަ ޖުލައި 26 ބޭނުންކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
27 މެއި 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ އެއްބައި އަންނަ ޖުލައި 26 ބޭނުންކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި އޭވިއޭޝަން ފޯރަމްގައި އެ ކުންފުނީގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު ވިދާޅުވީ، ވީއައިއޭގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އާ ޓާމިނަލް ހުޅުވާނެ ޖުލައި 26 ގައި. އެއާ އެކު ހިދުމަތްތަކަށް ވެސް ބަދަލުތައް އަންނާނެ. ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ވެސް ހުންނާނެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ޝަފީޒު ވިދާޅުވީ، ވީހާވެސް ލުއިފަސޭހަ ހިދުމަތަކެއް ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެމްއޭސީއެލް އިން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީޢެލްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޝަފީގު ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
އާ ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް 600 ލޭބަރުން ކޮންމެ ދުވަހެއްގެ ގާތްގަނޑަކަށް 18 ގަޑިއިރު އެ މަސައްކަތުގައި ހޭދަކުރެ އެވެ.
ސަރުކާރުން ބުނެފައި ވަނީ އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
- 78،000 އަކަމީޓަރުގެ ޖާގަ.
- އެވްރެޖުކޮށް ދުވާލަކު 8،000 ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ.
- ސެލްފް ސާވިސް ޗެކިން ހިދުމަތް.
- 38 އިމިގްރޭޝަން ކައުންޓަރު.
- އެއްފަހަރާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވާނެ.
- އިތުރު 7 ޗެކިން ކައުންޓަރު.
"މާލީ ހާލަތުގެ އަސަރު އެއާޕޯޓު ޕްރޮޖެކްޓަށް ނުކުރާނެ"
އިގްތިސާދީ ދުވެއްޔާ ގުޅިފައިވާ އެންމެ ބޮޑު އެއާޕޯޓް
ވީއައިއޭ މަޝްރޫއު ތިން ގުނަ ބޮޑުކުރަން ނިންމައިފި
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް
އާ ޓާމިނަލް ނިމޭނެ ކަމަށް މިހާރު ލަފާކުރަނީ 2025
ދިވެހިވަންތަ ޕެސެންޖާ ޓާމިނަލްގެެ ފޮޓޯތައް އާންމުކޮށްފި
އެމްއޭސީއެލްގެ އާ ސީއޯއޯ އަކަށް އިނގިރޭސި ރައްޔިތެއް
އެމްއޭސީއެލްގެ އިސް މަގާމުތަކަކަށް ދިވެހިން ހޯދަނީ
އެއާޕޯޓް ތަރައްގީ ކުރުން ކުރިއަށް، ކާގޯ ޓާމިނަލްގެ ބޮޑުބައި ނިމިއްޖެ
ވީއައިއޭގެ އާ ޓާމިނަލްގެ ޕައިލިން މަސައްކަތް ނިމިއްޖެ