ހައްގުތައް ހޯދުމުގައި ފުރަތަމަ ކަމަކީ އަމިއްލަ ޒިންމާ އަދާކުރުން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
16 އެޕްރީލް 2025
ހައްގުތައް ހޯދުމުގައި ފުރަތަމަ ކަމަކީ އަމިއްލަ ޒިންމާ އަދާކުރުން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ތާޖުއްދީން ސްކޫލުގައި ކުރިއަށް ދިޔަ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ކޮންމެ މުޖުތަމައަކަށް ވެސް އުފާވެރިކަން ލިބެނީ ކޮންމެ ފަރުދަކު ވެސް މުޖުތަމައުގެ ޒިންމާއާ ހަވާލުވެ، އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމުން ކަމަށެވެ.
ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި، ހާސިލުވާ ހައްގުތަކަކީ ވެސް ޒިންމާ އަދާކުރުމުގެ ނަތީޖާ އެވެ. އެކަމަކީ އޭގެ ބަދަލުގައި ލިބޭ އުފަލެއް ކަމަށް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ވިދާޅުވީ މަގުމަތީގެ އަމަންއަމާންކަމުގެ ހައްގު ލިބެނީ މަގުމަތީގެ އަދަބުތަކާއި އުސޫލުތަކަށް ކިޔަމަންތެރިވުމުން ކަމަށާއި ނޭވާލާން ސާފު ވެއްޓެއް އޮތުމުގެ ހައްގު ލިބެނީ ވެށި ސާފުކޮށް ބެލެހެއްޓުމުން ކަމަށެވެ.
ފަސްޓްލޭޑީ ވިދާޅުވީ ސަލާމަތް ސިއްހަތެއްގެ ހައްގު ލިބެނީ އަމިއްލަ ސިއްހަތާއި އެހެން މީހުންގެ ސިއްހަތަށްޓަކައި އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުން ކަމަށެވެ.
"އެހެންކަމުން ހައްގުތައް ލިބިގަތުމުގައި ފުރަތަމަކަމަކީ އަމިއްލަ ޒިންމާ އަދާކުރުން. ފަރުދީ ޒިންމާ އަދި އިޖުތިމާއީ ޒިންމާ، ޖަމާއަތުގެ ފެންވަރުގައި އަދާކުރާ ޒިންމާ،" އެ ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވީ ތާރީހަށް ބެލިޔަސް ދިވެހިންނަކީ ޒިންމާތައް އުފުލި ބައެއް ކަމަށެވެ. އަދި ލިޔެވިފައި ނެތަސް، ހެވާއި ނުބައި އަމިއްލަ ސިކުނޑިން ދެނެގަނެ، އުސޫލުތައް ހިފެހެއްޓި ބައެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ގުޅިގެން މަސައްކަތްކުރުމާއި ރަށްރަށް ބިނާކުރުމުގެ އިތުރުން ދިވެހިންނަކީ ދުނިޔެއަށް ވެސް ނަމޫނާ ދެއްކި ބައެއް ކަމަށް ވިދާޅުވި އެވެ.
ކަރޯކޭ ސިސްޓަމެއް ގަތް ވާހަކަ ދޮގުކޮށްފި
އެމްޑީޕީ އާއި ފައްޔާޒަށް ފަސްޓްލޭޑީ ދައުވާކޮށްފި
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތަސްދީގުކުރައްވައިފި
"މަޑުލު ވަހީދުގެ ހިދުމަތް ފަނޑުވުމެއް ނެތި ހުންނާނެ"
ޖެނެރޭޝަން ބޭން: 2007 އިން ފެށިގެން ދުންފަތް މަނާ
ޖެނެރޭޝަން ބޭންއަށް ކެބިނެޓުން މިއަދު ގޮތެއް ނިންމަނީ
ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގުކުރަން ވަކި ބޯޑެއް
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ބޭރުގައި ތިބޭ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރަނީ
އެންމެ އިތުބާރު އޮތް މުއައްސަސާއަށް ފުލުހުން ވާންޖެހޭ