މުލިއާގެއަށް ކަރޯކޭ ސިސްޓަމެއް ގަތް ކަމަަށް ސޯޝަލްމީޑިއާގައި ކުރި ތުހުމަތު ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.
06 މާޗް 2024
މުލިއާގެއަށް ކަރޯކޭ ސިސްޓަމެއް ގަތް ކަމަަށް ސޯޝަލްމީޑިއާގައި ކުރި ތުހުމަތު ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.
އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، މުލީއާގޭގައި ދައުލަތުން ހަރަދު ކޮށްގެން އަޑު ބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕާޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވެސް އެ ވާހަކަތައް ދެއްކި އެވެ.
ނަމަވެސް ހަލީލް ވިދާޅުވި ގޮތުގައި ސިޔާސީ ފަރާތްތަކުން ދައްކަމުންދާ އެ ވާހަކައަކީ ބޮޑު ދޮގެކެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ،" މީޑިއާއާ ހިއްސާ ކުރެއްވި މެސެޖެއްގައި ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފަދަ ދޮގު ޚަބަރުތައް ފަތުރަމުންދަނީ ސަރުކާރު ހިންގަން ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އެ މީހުންގެ ބޮޑެތި ހިޔާނާތްތައް ފޮރުވުމަށް މަސައްކަތް ކުރާ މީހުން ކަމަށެވެ.
"ފޭކް ފޮޓޯތައް މީޑިއާ އަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުވެ،" ހަލީލް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ގުޅުވައި އެކަމަނާ، ބޭނުންކުރެއްވުމަށް ކަރޯކޭ ސިސްޓަމެއް މުލީއާގެ އަށް ގެންދިޔަ ކަމަށް ބުނެ ޕޯސްޓްތަކެއް ވެސް ދައުރުކުރި އެވެ.
ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 150 އިން މައްޗަށް!
ރިފަރެންޑަމް ބިލް ރައީސް ތަސްދީގު ކުރައްވައިފި
އެޗްއާރުސީއެމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
މުލީއާގެ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ
ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
ފަލަސްތީނާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސްގެ މަރުހަބާ
ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު
ޓާމިނަލަށް ފައިސާ ހަމަޖައްސައިދިން ފަރާތްތަކަށް ޝުކުރު
"ސަލާމަތަށް ކޮންމެ އިންޗިއެއް ބަލަހައްޓާނީ ދިވެހިން"