ބ. ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރު ހަލާކުވެ، އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު އަދިވެސް އެ މައްސަލަ އެއްކޮށް ހައްލުނުވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
16 އެޕްރީލް 2025
ބ. ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރު ހަލާކުވެ، އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު އަދިވެސް އެ މައްސަލަ އެއްކޮށް ހައްލުނުވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރަނީ 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 200 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އޭގެ ތެރެއިން އިއްޔެ އެއްކޮށް ހަލާކުވީ 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރެވެ.
އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ ފެނަކައިގެ ޓީމެއް ރޭ އެ ރަށަށް ގޮސް ޖަނަރޭޓަރުތައް ހަދަން ކުރި މަސައްކަތުން އެއް ޖަނަރޭޓަރަށް ވަގުތީ ހައްލެއް ލިބިފައިވާ ކަމަށެެވެ.
މިހާރު ކަރަންޓު ދެމުންދަނީ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކޮންމެ ސަރަހައްދަކަށް 45 މިނެޓަށެވެ.
އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވިއިރު މިދިޔަ ހައެއްކަ މަސް ތެރޭގައި ވެސް އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވި އެވެ. އެހެންވެ، އެކަން ހައްލުކުރުމަށް ފެނަކާ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ވެސް މަޝްވަރާކުރުމުން، ރޯދަ މަހުގެ ކުރިން ހައްލެއް ގެނެސްދޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އިއްޔެ އިން ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑުނީ ކުރިން ޖަނަރޭޓަރަށް ދިމާވި މައްސަލަތައް ހައްލު ނުކޮށް ހުރުމުގެ ސަބަބުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އާބާދީ 1،400 ގައި މީހުން އެ ރަށުގައި ރޭ ވެސް ބައެއް މީހުން ނިދީ މަގުމަތީގަ އެވެ.
ކެންދޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް
މެންދުރުން ފެށިގެން ކެންދޫގައި ކަރަންޓެއް ނެތް
ފެނަކައާ ދެކޮޅަށް ކުޅުދުއްފުށީ ކައުންސިލުން ދައުވާކުރަނީ
ކަރަންޓު އަގުތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ
ކަރަންޓުގެ ޓެރިފް ރޭޓު ދަށްކުރަނީ
ފެނަކަ ކަރަންޓު ބިލް ވެސް އެއްވަރުވީ ޑިސްކައުންޓުން
10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!
ވަގުތީ ހައްލާއެކު ދާއިމީ ހައްލު ވެސް ހޯދަން: ފެނަކަ
އައްޑުއަށް އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް!
އައްޑު އަށް އެއް މެގަވޮޓުގެ ޖެނަރޭޓަރެއް ގެންގޮސްފި