އިންޑޮނީޝިއާގެ އިގްތިސާދީ ކުރިއަރުވަން ފަށާފައިވާ މަސައްކަތަށް އެހީވުމުގެ ގޮތުން އެ ގައުމުގެ ސަވަރިން ފަންޑުގައި ގަތަރުން ދެ ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވެއްޖެ އެވެ.
އިންޑޮނީޝިއާގެ އިގްތިސާދީ ކުރިއަރުވަން ފަށާފައިވާ މަސައްކަތަށް އެހީވުމުގެ ގޮތުން އެ ގައުމުގެ ސަވަރިން ފަންޑުގައި ގަތަރުން ދެ ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވެއްޖެ އެވެ.
ޕްރަބޯވޯ މިކަން އިއުލާނުކުރެއްވީ މެދުއިރުމަތީގެ ފަސް ގައުމަކަށް ކުރެއްވި ދަތުރަށް ފަހު އެވެ. އޭނާ ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ތުރުކީ، މިސްރު، ގަތަރު އަދި އުރުދުންއަށް ވަޑައިގެން ގުޅުންތައް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާ އެކު "އުފެއްދުންތެރި" ބައްދަލުވުމެއް ބޭއްވެވި ކަމަށާއި އެ ގައުމުން ދަނަންތާރާ އިންޑޮނީޝިއާ ފަންޑަށް އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.
ޑަނަންތާރާ އިންޑޮނީޝިއާ އަކީ މިދިޔަ ފެބްރުއަރީ މަހު ރައީސް ޕްރަބޯވޯ ސުބިއަންޓޯ އިފްތިތާހު ކުރެއްވި ފަންޑެކެވެ. އަމާޒަކަށް ހަދާފައިވަނީ އިގްތިސާދީ ކުރިއެރުން ފަސް ޕަސެންޓުން އަށް ޕަސެންޓަށް މަތިކުރުމެވެ. އަދި އެއާ އެކު ދައުލަތުގެ ހަރަދުން އެތައް ބިލިއަން ޑޮލަރެއް ހަރަދު ކުޑަކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މި ފަންޑު ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ މި ފަންޑުގެ ދަށަށް ގެންދާނެ އެވެ. އެކަމަށް 20 ބިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައިވެ އެވެ.
މިއީ 2021 ވަނަ އަހަރު ތައާރަފްކުރި އިންޑޮނީޝިއާ އިންވެސްޓްމަންޓް އޮތޯރިޓީއަށް ފަހު އެ ގައުމުގައި އުފައްދާ ދެވަނަ ސޮވެރިން ވެލްތު ފަންޑެވެ.
އެމެރިކާގެ ބިލިއަނަރު ރޭ ޑާލިއޯ އާއި ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސުމާ އެކު ދަނަންތާރާގެ ބޯޑް މިދިޔަ މަހު ވަނީ އިއުލާނުކޮށްފަ އެވެ.
އިންޑޮނީޝިއާއިން މި އަހަރަށް ވަނީ 40 ބިލިއަން ޑޮލަރު ހޭދަކޮށްގެން ހަކަތައިގެ 20 ޕްރޮޖެކްޓު ތާވަލްކޮށްފަ އެވެ.
އީރާނާއި އެމެރިކާ ކުށްވެރިން ބަދަލުކޮށްފި
ކްރިޕްޓޯ މުސްލިމުންނަށް ހުއްދައެއް ނޫން: އިންޑޮނީޝިއާ
އެމެރިކާ އާއި ތާލިބާނުން މަޝްވަރާކޮށްފި
ގައުމުތަކުން ގުޅުން ކަނޑާލުމުން ގަތަރަށް ވާނީ ކިހިނެއް؟
ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް: ޑރ. ވަހީދު
ޖީއެސްޓީއާ ގުޅޭ ގަރާރު ބޭރުކޮށްލައިފި
ފިޗުން ރާއްޖޭގެ ރޭޓިން "ސީސީ" ގައި ދަމަހައްޓައިފި
ލަންކާގައި ކަރަންޓުގެ އަގު 15 ޕަސެންޓް ބޮޑުކޮށްފި
އޭޕްރީލް މަހުގެ އިންފްލޭޝަން 6.2 ޕަސެންޓުގައި
ފަލަސްތީނު ދައުލަތާއެކު އިޒްރޭލާ ގުޅޭނަން: އިންޑޮނީޝިއާ