ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މީހަކަށް ދޫކޮށްފައިވާ ލޯނެއް ނުދެއްކުމުން، އޭނާ ރަހުނުކޮށްފައިވާ ވޯޓާލިލީ އެޕާޓްމަންޓްސްގެ ފްލެޓެއް ވިއްކާލަން އެ ކުންފުނިން ހުޅުވާލައިފި އެވެ.
10 އެޕްރީލް 2025
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މީހަކަށް ދޫކޮށްފައިވާ ލޯނެއް ނުދެއްކުމުން، އޭނާ ރަހުނުކޮށްފައިވާ ވޯޓާލިލީ އެޕާޓްމަންޓްސްގެ ފްލެޓެއް ވިއްކާލަން އެ ކުންފުނިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ވިއްކަން ހުޅުވާލާފައި ވަނީ ހުޅުމާލެ ބިމުގެ ނަންބަރު 10661 (ވޯޓާލިލީ އެޕާޓްމަންޓްސް) ގެ ފްލެޓް ނަމްބަރު 01-03 އެވެ. އެއީ 866 އަކަފޫޓުގެ ފްލެޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީއެފްސީން ބުނީ މި ބީލަމުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ 1.7 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަށް އެދި ހުށަހެޅޭނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިންނެވެ.
ސިޓީ ހުޅުވުން އޮންނާނީ އެ ކުންފުނި ހިންގާ ހ. މިއަލަނިގެ ތިން ވަނަ ފަންގިފިލާގަ އެވެ.
އެޗްޑީއެފްސީން ބުނި ގޮތުގައި އެ ކުންފުނީގެ ވެބްސައިޓާއި ނޯޓިސް ބޯޑުގައި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ފެންނަން ހުންނާނެ އެވެ. ނީލަން ނިންމާލާނީ ވިދިވިދިގެން ތިން ދުވަހު، އެއް އަގެއް އޮތުމުންނެވެ. އެ ފަރާތަކަށް ނީލަން ނިންމުމަށް ކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ އަގަށްވާ ފައިސާ ނުދައްކައިފި ނަމަ، އެ ހުށަހެޅުން ބާތިލުކޮށް، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލުކޮށް އަލުން ފެށުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ.
އެޗްޑީއެފްސީން ބުނީ ފްލެޓް ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން އިމާރާތުގެ ވެރިފަރާތުން އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ބޭނުންވާ ނަމަ، އެފަރާތަށް އިސްކަންދެވޭނެ ކަމަށެވެ.
ފްލެޓް ގަތުމަށް ޒުވާނުންނަށް ލޯނު ދޫކުރަން ފަށައިފި
ވައިސް ވަހީދުގެ ފްލެޓް އަތުލީ ރަނގަޅަށް: ހުކުމް
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
ނޮޅިވަރަންފަރު ފްލެޓްތަކުގެ އެއްބަސްވުމަށް ފަހު ފުރުސަތު
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓްތަކުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަން ފަށަނީ
އާ ފްލެޓްތަކަށް މިހަފްތާގައި މީހުން ވައްދަން ފަށަނީ
ފްލެޓްތައް ހަވާލުކުރަން ޑިޕޮސިޓް ދައްކަން ހުޅުވާލައިފި
ފްލެޓް ލިސްޓުން އުނިކުރުމުން މައްސަލަ ކޯޓަށް
ހުޅުމާލެ 2 ގައި ބަސް ސްޓޮޕް އިތުރުކުރަނީ