ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން އެއް ޓަވަރުގައި މި ހަފުތާގައި މީހުންނަށް އުޅެން ފެށޭވަރު ވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
08 ސެޕްޓެމްބަރ 2025
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން އެއް ޓަވަރުގައި މި ހަފުތާގައި މީހުންނަށް އުޅެން ފެށޭވަރު ވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ފްލެޓުތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން އޮތް ހިސާބަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ހަމްދާން ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަމުން އަންނަނީ މި ހަފްތާ ނިމެންވާއިރަށް ފުރަތަމަ ޓަވަރުގައި މީހުންނަށް އުޅެން ފެށޭވަރު ކުރެވޭތޯ ކަމަށެެވެ.
އެފްޑީސީން ހުޅުމާލެ 2 ގައި 17-18 ބުރީގެ 32 ޓަވަރުގައި 4،000 ފްލެޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ.
ފްލެޓް އެއްބަސްވުން ހަދައި ނިމިފައިވާ ބައެއް މީހުންނަށް އިއްޔެ އެފްޑީސީން ފޮނުވި މެސެޖުގައިވާ ގޮތުން އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ގެންދާ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމު ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ލިސްޓު އޮއްވައި ދެވަނަ ލިސްޓަކަށް ނުދެވޭނެ ކަމަށް ބުނެ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މި ސަރުކާރުން ނިންމީ ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.
ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރުވާނެ އެވެ.
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން
ފްލެޓު ލިސްޓުގައި ސޮއިކުރަން 2،665 މީހުންގެ ނަން
ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަދުވަހު ފަށަނީ
އާ ފްލެޓުތަކުގެ އެތެރޭގައި ސްމޯކް ޑިޓެކްޓާއެއް ނެތް!
4،000 ފްލެޓްގެ ކޮމާޝަލް ޖާގަތަކަށް ހުޅުވާލަނީ
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
ފަހި ދިރިއުޅުން "އަމާން ދޯދި" މޮކް-އަޕް ދައްކާލައިފި
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
އެފްޑީސީން ދެވަނަ ފިޔަވަހީގައި 2،000 ފްލެޓް އަޅަނީ
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި