ހުޅުމާލެއިން ފްލެޓް ގަތުމަށް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން ޒުވާނުންނަށް ލޯނު ދޫކުރަން ފަށައިފި އެވެ.
08 މެއި 2018
ހުޅުމާލެއިން ފްލެޓް ގަތުމަށް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން ޒުވާނުންނަށް ލޯނު ދޫކުރަން ފަށައިފި އެވެ.
އެ ކުންފުނީގެ 15 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، "ޔޫތު ޕްރޮޑަކްޓް"ގެ ނަމުގައި ފެށި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު 21-35 އަހަރުގެ ޒުވާނުންނަށް ވަނީ ހުޅުވާލައިފަ އެވެ.
މި ސްކީމްގެ ދަށުން ލޯނު ދޫކުރަނީ އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ނުވާ އަދަދަކަށެވެ.
ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ލޯނު ދޫކުރާ އެ ކުންފުނިން ބުނިގޮތުގައި "ޔޫތު ޕްރޮޑަކްޓް"ގެ ދަށުން ލޯނު މި ދޫކުރަނީ އެ ތަނުން ދޭ އެހެން ލޯނުތަކަށް ވުރެ އިންޓަރެސްޓް ރޭޓު ކުޑަކޮށެވެ. އެގޮތުން އިންޓަރެސްޓް ރޭޓުގެ ގޮތުގައި 10.5 ކަނޑައަޅާފައިވާއިރު އޯނާސް އިކިއުޓީގެ ގޮތުގައި ދައްކަން ޖެހެނީ ލޯނުގެ 15 ޕަސެންޓެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ލޯނުގައި އަމިއްލަ ހިއްސާ ވީހާ ވެސް ކުޑަކޮށް، އާއްމުންނަށް އެފޯޑަބަލް ގޮތެއް ހެދުން. މި ސްކީމުގެ ދަށުން އަޅުގަނޑުމެން ލޯނުގެ 85 ޕަސެންޓް ކަވަރު ކުރާނެ،" އެޗްޑީއެފްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދާ މި ލޯނު އަނބުރާ ދައްކަން ޖެހެނީ 30 އަހަރުގެ ތެރޭގަ އެވެ.
އެޗްޑީއެފްސީން މި ފުރުސަތު ހުޅުވާލި އިރު ސަރުކާރުން އެންމެ ފަހުން ތައާރަފްކުރި 7،000 ފްލެޓް މަޝްރޫއުގައި ޒުވާނުންނަށް ތިން ކެޓަގަރީއެއް ހާއްސަކޮށްފައިވެ އެވެ. އޭގެތެރޭގައި އަލަތު ކައިވެނި ކުރާ މީހުންނަށާއި އުމުރުން 40 އަހަރުން ދަށުގެ މީހުންނަށް ވަކި ކެޓަގަރީއެއް ހިމެނެ އެވެ.
ޖުމްލަ 17 ކެޓަގަރީއަކަށް ބަހާލައިގެން، ހުޅުމާލޭން ދޫކުރާ މި ފްލެޓްތަކަށް އަންނަ ޖުލައި 31ގެ ނިޔަލަށް ފޯމު ދޫކުރާނެ އެވެ. ފޯމު ބަލައިގަންނަން ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޖުލައި 31 އަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވެ އެވެ.
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
އެއް ކޮޓަރީގެ ފްލެޓްތަކަށް މި ހެދީ ކިހިނެއް؟
ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތް އާއްމުކޮށްފި
އެކަނިވެރި މީހުންގެ ފްލެޓުގެ ވަގުތީ ލިސްޓު އާންމުކޮށްފި
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ހުޅުމާލެ ފްލެޓުތައް މަރާމާތުކުރަން އިންސްޕެކްޓްކުރަނީ
"ފްލެޓުތަކުގެ ތަފްސީލު މި ހަފުތާގައި އާއްމުކުރާނަން"
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!