ޓްރީ ޓޮޕް ހޮސްޕިޓަލަށް މި މަހު މެކްސިލޯފޭޝަލް ސާޖަންޓެއް ޒިޔާރަތްކޮށް ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
09 އެޕްރީލް 2025
ޓްރީ ޓޮޕް ހޮސްޕިޓަލަށް މި މަހު މެކްސިލޯފޭޝަލް ސާޖަންޓެއް ޒިޔާރަތްކޮށް ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މެކްސިލޯފޭޝަލް ސާޖަރީ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރު ސަލްމާން ބާޝާ މި މަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހަށް ބަލިމީހުން ބައްލަވާނެ ކަމަށެވެ. އެ. ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މެކްސިލޯފޭޝަލް ސާޖަރީތަކުގެ ތެރޭގައި ދަތްދޮޅި އެއްވަރުކުރުން ފަދަ ދަތް ދޮޅީގެ އެކި މައްސަލަތަކުގެ ސާޖަރީތަކާއި އެކްސިޑެންޓުތަކުގައި މޫނަށް ވެފައި ހުންނަ ގެއްލުންތަކުން މޫނު ރީކޮންސްޓްރަކްޓުކުރުން ފަދަ ހިދުމަތްތަކާއި ކަތުރު ކަށިގަނޑާ ގުޅިފައި ހުންނަ ސަރައްދާ ގުޅުން ހުރި އެކި ސާޖަރީތައް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިއީ ރާއްޖެއިން ބޭރަށް ނުގޮސް މެކްސިލޯފޭޝް ސާޖަރީއާ ގުޅުން ހުރި ދާއިރާތަކުގެ އެކި މައްސަލަތައް ދައްކައި ހައްލު ހޯދުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި ޑރ. ބާޝާ އަކީ ތަފާތު މެކްސިލޯފޭޝިއަލް ހާލަތްތައް ދެނެގަނެ، އެންމެ އެކަށީގެންވާ ފަރުވާ އަދި އޮޕަރޭޝަން ނުވަތަ ޕްރޮސީޖާ ކުރުމަށް ކުޅަދާނަ ޑޮކްޓަރެއް ކަމަށް ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްހީ އެކި ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން ޒިޔާރަތް ކޮށް ބަލި މީހުންނަށް ފަރުވާ ދެ އެވެ.
ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ޓްރީ ޓޮޕްގައި
ޓްރީ ޓޮޕް ހޮސްޕިޓަލުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކޮށްފި
ކުއްލި ފަރުވާއާ ބެހޭ ދުވަހުގެ ފެއާގައި ޓްރީ ޓޮޕް
ހެލްތީ ކިޑްސް ފޯ ދަ ފިއުޗާގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް
ކުޑަހުވަދޫގެ ހެލްތު ކޭމްޕަށް 400 މީހުން ދެއްކި
ޓްރީޓޮޕް އިން ކުޑަހުވަދޫގައި ހެލްތު ކޭމްޕެއް ބާއްވަނީ
ޓްރީޓޮޕް ހޮސްޕިޓަލްގައި ހިތުގެ އާ ޕްރޮސީޖާއެއް ހަދައިފި
އެސްތެޓިކް ހިދުމަތްތަކަށް ކްލަބް ޕްރިމިއާ ޑިސްކައުންޓު
ޓްރީ ޓޮޕްގެ ގެސްޓްރޯ ޑޮކްޓަރަށް އޮންލައިންކޮށް ދެއްކޭނެ