ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އަންނަ ފަރާތްތަކަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އަވަހަށް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
16 ޖޫން 2025
ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އަންނަ ފަރާތްތަކަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އަވަހަށް ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.
ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ހުންނަ ސަރަހައްދުގައި މިއަދު ހުޅުވި މި ކްލިނިކުގެ ހިދުމަތް ލިބޭނީ ހެނދުނު 10 އިން ރޭގަނޑު 8 އަށެވެ. މި ކްލިނިކްގައި ބަލިމީހުންގެ ރައްކާތެރިކަމަށް އިސްކަންދީ، ބޭރުގައި މަޑުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހައްޖުވެރިން އެނބުރި އަންނައިރު ދަތުރުމަތީގައި މާސްކު އެޅުމަށާއި އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އައުމަށް ފަހު 14 ދުވަހުގެ ތެރޭގައި ހުމާއި، ކެއްސުން ނުވަތަ ނޭވާލުމުގައި ދަތިކަން ހުރި ނަމަ، ލަސްނުކޮށް ފްލޫ ކްލިނިކަށް ދިއުމަށް އެ ހޮސްޕިޓަލުން އިރުޝާދު ދެ އެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ހުޅުވި ފްލޫ ކްލިނިކުން، ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދޭނެ އެވެ. އަދި އެ ކްލިނިކުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދޭނެ ކަމަށް ބުންޏެވެ.
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕަށް ހުޅުވާލައިފި
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކީ ޓްރީޓޮޕް
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕަށް ހޫނު ތަރުހީބެއް
ޓްރީޓޮޕުން ދިއްދޫގައި 336 މީހަކަށް ހިދުމަތް ދީފި
ޓްރީޓޮޕް ހޮސްޕިޓަލުން ދިއްދޫގައި ހެލްތު ކޭމްޕެއް
ޓްރީޓޮޕް ފާޓިލިޓީ ސްޕެޝަލިސްޓުންގެ ހިލޭ ކޮންސަލްޓޭޝަން
ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި
ދެ ހޮސްޕިޓަލަށް އެންސްޕާއިން މިދިޔަ މަހު 7 މިލިއަން
ޓްރީ ޓޮޕް ހޮސްޕިޓަލުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް