ޒަމާނަށް އަންނަ ބަދަލުތަކާ އެކު، ކުދިންގެ ވިސްނުމާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކަށް ރިއާޔަތް ކޮށްގެން އުންގަނައި ދިނުމަކީ ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
07 އެޕްރީލް 2025
ޒަމާނަށް އަންނަ ބަދަލުތަކާ އެކު، ކުދިންގެ ވިސްނުމާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކަށް ރިއާޔަތް ކޮށްގެން އުންގަނައި ދިނުމަކީ ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ކުދިންނަށް ފޯރުކޮށްދޭ ތައުލީމާއި ތަރުބިއްޔަތުގެ ފެންވަރު ބިނާވަނީ ޓީޗަރުންގެ އިލްމާއި ހުނަރާ ކަމަށެވެ.
މިނިސްޓަރު ވަނީ ޓެކްނޮލޮޖީ އަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ހުރިހާ ކުދިން ޝާމިލް ކޮށްގެން އުނގަންނައިދިނުމުގެ ވައްޓަފާޅި އަށް ގެންނަންޖެހޭ ބަދަލުތައް އަބަދުވެސް ގެންނައުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"އެހެންކަމުން، ޒަމާނަށް އަންނަ ބަދަލުތަކާ އެކު، ދަރިވަރުންގެ ވިސްނުމަށާއި އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އެ ބަދަލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ރިއާޔަތް ކޮށްގެން އުނގަންނައިދިނުމަކީ، ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާގެ ސިޔާސަތުތަކަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ފިލުވުމަށް "އެޑިއުކޭޝަނަލް ގަވާނަންސް" އިތުރަށް ހަރުދަނާ ކުރުމަށް، އެޑިއުކޭޝަން މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިވިޝަންތަކާއި ޑިޕާޓްމަންޓަތަކާއި ސެކްޝަންތަކުގެ އޮނިގަނޑުތައް މުރާޖައާކޮށް ގެންނަން ބަދަލުތައް ގެނައުމުގެ މަސައްކަތް އެބަ ކުރެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން އަމީނިއްޔާ ސްކޫލުގެ އެސެމްބްލީ ފަށަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ވިދާޅުވީ އެ ދާއިރާގެ ސިޔާސަތުތަކާއި ނިންމުންތަކާއި ހެއްކާއި ގަރީނާގެ މައްޗަށް ނިންމުމުގެ މުހިއްމު ކަމަށް ބަލައި، އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްގީ ކުރާ އާ އެޑިއުކޭޝަނަލް މެނެޖްމަންޓް ސިސްޓަމްގެ މޮޑިއުލްތައް މި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.
މިނިސްޓަރު ވަނީ މިއަދު ފެށި ދިރާސީ އާ އަހަރުގައި ވެސް ރާއްޖޭގެ މަދްރުސީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ކަންތައްތަކެއް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ރާވާފައިވާ ބައެއް ކަންކަން މިދިޔަ ދިރާސީ އަހަރު ފަށައިގެން ކުރިއަށް ގެންދާއިރު، މި އަހަރުގެ ތެރޭގައި މުހިއްމު އިތުރު ކަންތައްތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
- މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖައާކޮށް، ކޮންމެހެން ގެންނަންޖެހޭނެ ބަދަލުތަށް ގެނެއުން.
- ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅުކުރުން.
- ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކީ-ސްޓޭޖް 4 ގެ މާއްދާތަކުގެ ޓެކްސްޓް ފޮތްތަކާއި މަސައްކަތު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށުން.
- ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ) މިހާރު ނަގަނީ ކީސްޓޭޖް-1 އާއި ކީސްޓޭޖް-2 ނިންމާ މަރުހަލާގައި ކަމަށް ވިޔަސް މި އަހަރު ކީސްޓޭޖް-3 ގެ މަރުހަލާ ނިންމާ ދަރިވަރުންނަށް އެ އެސެސްމެންޓް ދޭން ފެށުމަށް ތައްޔާރީވުން.
- މުޅިން އަލަށް ރާއްޖޭގެ ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަގްވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތް ފެށުން.
- މިދިޔަ އަހަރު ފެށި، އޭ-ލެވެލް އެކްސްޕޭންޝަންގެ ޕައިލޮޓް ޕްރޮގްރާމުގެ ސަބަބުން މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި ސަރުކާރު ސްކޫލްތަކުގެ މަތީ ސާނަވީ އަށް ކިޔަވަން އަލަށް ވަތް ދަރިވަރުންގެ އަދަދު 77 ޕަސެންޓު އިތުރުވި. މަތީ ސާނަވީއަށް ދަރިވަރުން އިތުރު ކުރުމަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ބާރަކަށް ވާތީ ޕްރޮގްރާމްގެ އިތުރު ލާނިން ޕާތްވޭސްތަކާ އެކު މިއަހަރު ފުޅާކުރާނެ.
- ސަރުކާރު ސްކޫލުތަކުގައި ހުރި 3،740 ކުލާސްރޫމު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ވެފައި.
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު އިސްކަންދަރު ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި ދަރިވަރުން ބައިވެރިވަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު މިއަދު ވިދާޅުވީ ކުދިންގެ އުނގެނުމުގެ ކަންކަމުގައި ސްކޫލާއި ބެލެނިވެރިންނާ ދެމެދު ގާތް ގުޅުމެއް އޮންނާން ޖެހޭ ކަމަށާއި އެ ކުދިންގެ ކަންކަމުގައި އިހުތިރާމާ އެކު، އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތުކޮށް މައުލޫމާތު ބަދަލުކުރެވޭން ޖެހޭ ކަމަށެވެ.
އިސްމާއިލް ވަނީ ދިރާސީ އާ އަހަރަކަށް ކުރިމަތިލާއިރު، މަތިވެރި އަޒުމަކާއި އާ ހިއްވަރަކާ އެކު، އުނގެނުމަށް މަސައްކަތް ކުރުމަށް ކުދިންނަށް އިލްތިމާސްކޮށްފަ އެވެ.
ސްކޫލުތައް ފެށުނުއިރު 90,000 އެއްހާ ދަރިވަރުން، ސްކޫލުތަކުގައި ކިޔަވަމުން އެބަދެ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމަށް 11،000 ޓީޗަރުން އެބަ ތިއްބެވެ.
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާގޮތަށް ބަދަލުކުރަނީ
18 މަޝްރޫއެއްގެ އެއްބަސްވުން ބާތިލްކޮށްފި
"ކިޔެވުމުގައި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދޭނަން"
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ރޯދަމަހު ސްކޫލް ބަންދުކުރަން ވަޒީރުގެ ވިސްނުންތަކެއް
ދިރާސީ އާ އަހަރު ފަށާނީ އޭޕްރީލް ހަތެއްގައި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
ގްރޭޑް އެކަަކަށް ވައްދަން 2،135 ޖާގައަށް އެދިއްޖެ
ކިޔެވުމަށްޓަކައި މާލެއަަށް، ހައްލެއް ފެންނާކަށް ނެތް؟!