ތަފާތު އެކިއެކި ސަބަބުތަކާ ހެދި، ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދެވޭ ކަމަށް ބަޔާންކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތަފާސްހިސާބުތައް ނެރުނީ ގޯސްކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިިއަދު ވިދާޅުވެއްޖެ އެވެ.
ތަފާތު އެކިއެކި ސަބަބުތަކާ ހެދި، ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދެވޭ ކަމަށް ބަޔާންކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތަފާސްހިސާބުތައް ނެރުނީ ގޯސްކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް އެމްބީއެސް އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އުމުރުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އެކި ގޮތްގޮތުން ތައުލީމު ހާސިލްކުރަމުން އަންނަނީ 91 ޕަސެންޓް ކުދިންނެވެ. ތައުލީމު ހާސިލްކުރާ ކުދިންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.
ބާކީ ނުވަ ޕަސެންޓު ކުދިންނަށް، އެކި ހުރަސްތަކުގެ ސަބަބުން ސްކޫލަށް ނުދެވެ އެވެ. އެއީ 9،450 ކުދިންނެވެ. އޭގެ ތެރޭގައި ގިނައީ ޕްރީ-ސްކޫލް ކުދިންނާއި ގްރޭޑް 10 ނިންމާފައި ތިބި ކުދިންނެވެ.
އެ ތަފާސްހިސާބުތަކާ ހަވާލާދީ، ސްކޫލަށް ނުދާ ކުދިންގެ އަދަދު "މިހާރު" އިން މިއަދު ރިޕޯޓު ކުރުމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތަފާސްހިސާބުތައް އެކުލަވާލާފައިވާ ގޮތް ވެސް ގޯސް ކަމަށެވެ.
އޭނާ ވިދާޅުވީ، 2022 ގައި 9،000 ކުދިން ސްކޫލަށް ހާޒިރު ނުވާ ކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު އެކުލަވައިލިއިރު އެ އަދަދުގެ ތެރޭގައި އުމުރުން 2-3 ކުދިން ހިމަނާފައިވާ ކަަމަށެވެ. އެކަމަކު، އެއީ ތައުލީމުގެ ގާނޫނުން ރަސްމީ ތައުލީމު ހާސިލް ކުރުމަށް ސްކޫލަށް ދާން ޖެހޭ އުމުރުފުރާގެ ކުދިންނެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެ އެވެ. ﷲގެ ވާގިފުޅާ އެކު، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާ އިން ދަރިވަރުން ބާކީކޮށް މަގުމަތި ކުރަމުން އައި ސަގާފަތް ނައްތާލާނަމެވެ."--- މިނިސްޓަރު
"ވީމާ، ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އެތައް ހާސް ތުއްތު ކުދިން ހިމަނައިގެން، ނުވަވަރަކަށް ހާސް ދަރިވަރުން ސްކޫލަށް ނުދާ ކަމަށް ދޭހަވާ ގޮތަކަށް ތަފާސްހިސާބު ނެރުމަކީ ގޯހެކެވެ،" އިސްމާއިލް ވިދާޅުވި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސް އިން ކުރިން ނެރެފައިވާ ރިޕޯޓަކާ ހަވާލާ ދެއްވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވިގޮތުގައި، 2022 ގައި ގަވާއިދުން ސްކޫލަށް ނުދާ ކަމަށް ފާހަގަ ކުރެވިފައިވަނީ 229 ކުދިންނެވެ. އެއީ މާލެ އިން 85 އަދި އަތޮޅުތެރޭގެ އެކި ރަށްތަކުން 144 ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކިއެކި ގޮންޖެހުންތަކުގެ ސަބަބުން ސްކޫލަށް ނުދާ ދަރިވަރުން ފާހަގަކޮށް، ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަބަދުވެސް ފިޔަވަޅު އަޅަ އެވެ،" އިސްމާއިލް ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ، އޭނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން، އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް ކަމަކީ ގްރޭޑް 10 ނިންމުމަށް ފަހު މަތީސާނަވީގައި ކިޔަވާ ކުދިންގެ އަދަދު މަތިކުރުމުގެ ތައްޔާރީތައް ވުން ކަމަށެވެ. އޭގެ ނަތީޖާއަކީ އޭނާ ވިދާޅުވިގޮތުގައި، މިދިޔަ އަހަރު ގްރޭޑް 10 ނިންމާ ކުދިން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުމެވެ.
"އެ ޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި އަހަރު އެ ޕްރޮގްރާމް ރަސްމީކޮށް އޭލެވެލް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ތަންފީޒު ކުރެވިގެން ދާނެ އެވެ. ﷲގެ ވާގިފުޅާ އެކު، ޒަމާނުއްސުރު މަތީސާނަވީ މަރުހަލާ އިން ދަރިވަރުން ބާކީކޮށް މަގުމަތި ކުރަމުން އައި ސަގާފަތް ނައްތާލާނަމެވެ." މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަސްމީ ތައުލީމު ހާސިލް ކުރުމަށް ސްކޫލަށް ދާން ނުޖެހޭ އުމުރުފުރާގެ ކުދިން ހިމަނައިގެން، ހަގީގަތް ސާފުނުވެ، އެކުލަވާލާފައިވާ ތަފާސްހިސާބުތައް ރިޕޯޓު ކުރުމަކީ ވެސް ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ
"ޓީޗަރުން، ޒަމާނަށް އަންނަބަދަލަށް އަހުލުވެރިވާންޖެހޭ"
18 މަޝްރޫއެއްގެ އެއްބަސްވުން ބާތިލްކޮށްފި
ރޯދަމަހު ސްކޫލް ބަންދުކުރަން ވަޒީރުގެ ވިސްނުންތަކެއް
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް އެކަަކަށް ވައްދަން 2،135 ޖާގައަށް އެދިއްޖެ
ކިޔެވުމަށްޓަކައި މާލެއަަށް، ހައްލެއް ފެންނާކަށް ނެތް؟!
އެޑިއުކޭޝަންގެ ދަރަނިން 250 މިލިއަން ދައްކައިފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ