މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ، 33، މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.
މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ، 33، މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.
މިއީ ޑިބްރޭނާ ސިޓީ އަށް ކުޅޭދޭ 10 ވަނަ ސީޒަނެވެ. ސިޓީއާ 2015 ވަނަ އަހަރު ގުޅުނު ކުޅުންތެރިޔާ ވަނީ އޭނާ ކްލަބް ދޫކޮށްލާކަން އޭނާގެ ސޯޝަލް މީޑީއާގައި ހާމަކޮށްފަ އެވެ.
"މިއީ މެންޗެސްޓާ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި އަހަރެން ހޭދަކުރާ ފަހު ދުވަސްކޮޅު،" މި ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިޔާ ލިޔެފައިވެ އެވެ.
ޖަރުމަންގެ ވުލްފްސްބާގުން ސިޓީއާ ގުޅުނު މިޑްފީލްޑަރު ވަނީ މިހާތަނަށް ސިޓީގެ ޖާޒީގައި 413 މެޗު ކުޅެދީ 106 ގޯލު ޖަހައި، 174 ގޯލު އެސިސްޓް ކޮށްދީފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި 118 އެސިސްޓް ކޮށްފައިވާ ޑިބްރޭނާ އަކީ ލީގުގައި އެންމެ އަވަހަށް 100 އެސިިސްޓް ހަމަކުރި ކުޅުންތެރިޔާ އެވެ. އޭނާ މި ރެކޯޑް ހެދީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު 237 މެޗު ކުޅެގެންނެވެ.
ޑި ބްރޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ދެ ވަނައަށް އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާ އެވެ. އޭނާއަށް ވުރެ ގިނަ އެސިސްޓް ކޮށްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު 22 ސީޒަން ކުޅެގެން 162 އެސިސްޓް ކޮށްފައިވާ ރަޔާން ގިގްސް އެވެ.
"ޝައްކެއް ވެސް ނެތް އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާ، މި ކްލަބްގެ ވެސް. މި ކްލަބަށް ފާއިތިވި 20-30 އަހަރު ކުޅުނު ކުޅުންތެރިންނަށް ބަލާއިރު އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނާއިރު ސަމާލު ވާން ޖެހޭ. އެކަމަކު އޭނާ އަކީ އޭގެ ތެރޭން އެންމެ މޮޅު ކުޅުންތެރިންގެ ތެރޭން ހިމެނޭ ކުޅުންތެރިއެއް ކަމާ މެދު ކުޑަކޮށް ވެސް ޝައްކެއް ނެތް،" ޑިބްރޭނާއާ ގުޅޭގޮތުން ގާޑިއޯލާ ބުނެފައިވެ އެވެ.
މި ސީޒަންގެ ކުރީކޮޅު ދިމާވި އަނިޔާގެ މައްސަލައަކާ ގުޅިގެން ޑިބްރޭނާ އަށް ވަނީ ލިބޭ ފުރުސަތުތައް މަދުވެފަ އެވެ. އެގޮތުން މި ސީޒަންގައި އޭނާ އަށް ކުޅެވިފައި ވަނީ ސިޓީގެ 47 މެޗުގެ ތެރެއިން ޖުމްލަ 31 މެޗެވެ. ގިނަ މެޗުތަކުގައި ކުޅެފައި ވަނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މަދު ވަގުތުކޮޅަކު އެވެ. މިދިޔަ ސީޒަންގައި ވެސް އޭނާ އަށް ގިނަ އަނިޔާތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ޑިބްރޭނާ ވަނީ ސިޓީ އާއެކު 14 މޭޖަރ ޓްރޮފީ ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ހަ ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގެއް ވެސް ހިމެނެ އެވެ. މިދިޔަ ސީޒަންގައި ސިޓީއާ އެކު ތާރީހީ ޓްރެބްލް ކާމިޔާބު ކުރި ސްކޮޑުގައި ވެސް އޭނާ ހިމެނެ އެވެ.
އަނިޔާގެ ސަބަބުން 2023 ވަނަ އަހަރު ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރި ސިޓީގެ ސްކޮޑުގައި ޑިބްރޭނާ ނުހިމެނެ އެވެ. ނަމަވެސް ސިޓީ އާއެކު އޭނާގެ ފަހު މުބާރާތަކަށް ވާނީ އަންނަ ޖޫން 13 އިން ޖުލައި 14 އަށް ބާއްވާ ކްލަބް ވޯލްޑް ކަޕެވެ.
ޑިބްރޭނާގެ އަމާޒަކީ ޗެމްޕިއަންސް ލީގުގެ ޖާގައެއް
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ބޭސިކް ކަންކަމަށް ޑިބްރޭނާ ސަމާލުވާން ގާޑިއޯލާ އެދިއްޖެ
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ޑިބްރޭނާ އަށް ކޮވިޑްޖެހި، ޕީއެސްޖީ މެޗުގައި ނުކުޅެވޭނެ
އަނިޔާގެ ސަބަބުން ޑިބްރޭނާ އަށް 10 މެޗު ގެއްލިދާނެ
ޑިބްރޭނާ ކުޅުމާ ދުރަށްދިޔައިރު އަގުއޭރޯ ފިޓްވުމާ ގާތަށް
އަނިޔާއާ ހެދި ޑިބްރޭނާ ބެލްޖިއަމް ސްކޮޑުން ވަކިވެއްޖެ