ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލެސީމިއާ މީހުންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް ރޭ ކުރި މުޒާހަރާއާ އެކު، ކަންކަން ހަމަޔަކަށް އަޅުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެ ސެންޓަރަށް ވަޑައިގެން އެ ތަނުގައި މިވަގުތު ހުރި މައްސަލަތަކުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.
23 މާޗް 2025
ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލެސީމިއާ މީހުންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް ރޭ ކުރި މުޒާހަރާއާ އެކު، ކަންކަން ހަމަޔަކަށް އަޅުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެ ސެންޓަރަށް ވަޑައިގެން އެ ތަނުގައި މިވަގުތު ހުރި މައްސަލަތަކުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.
ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރީ ރޭ އެ ތަނުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު، އެއްވެސް މައްސަލައަކަށް ހައްލު ނުލިބޭ ކަމަށް ބުނެ އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ކަންބޮޑުވުންތަކާ އެކު، ރައީސް މުއިއްޒު މިއަދު ހެނދުނު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގައި ތިބި މުވައްޒަފުންނާއި މިވަގުތު ތިބި ޕޭޝަންޓުންގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވި ކަމަށެވެ. އެގޮތުން ހުރިހާ ޑިޕާޓްމަންޓުތަކަށް ވަކިވަކިން ވަޑައިގެން ހާލަތު ބެއްލެވި ކަަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އާއިލާތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް، މިހާރުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅަން މިހާރު ވަނީ ފައްޓަވާފައި،" އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ މައްސަލަތަކުގެ މައުލޫމާތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ތެލަސީމިއާ ސެންޓަރަށް ވަޑައިގަތެވެ.
ރޭގެ މުޒާހަރާގައި އެ މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބައެއް ޕެކެޓުތައް ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ.
"އަލަށް ގެނެސްގެން އުޅޭ ފިލްޓަރުތަކުގައި މައްސަލަ ގިނަ. ގިނަ ދުވަހުން ލޭ މި ލިބެނީ. ހާއްސަކޮށް ރޯދަމަހު، ކޮންމެ އަހަރަކު ވެސް އެ ގޮތަށް، ލޭ ލިބުން ވަރަށް ދަތި މަހެއް. ފިލްޓަރު މައްސަލަ ޖެހިގެން ލޭ އުކާލަން ޖެހޭ ވަރު ވެސް އިތުރު ވަނީ،" ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ކުއްޖަކު ބުންޏެވެ.
ލޭ ލިބުމުގައި ހުރި ދަތިކަން ފާހަގަކޮށް، އޭނާ ބުނީ ސެންޓަރު ވެރިންގެ ފަރުވާ ކުޑަކަމުން ލޭތައް އުކާލަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
ތެލެސީމިއާއާ ގުޅޭ ކަންބޮޑުވުންތައް ހައްލު ކުރަނީ!
ތެލެސީމިއާ ސެންޓަރުގެ ބައެއް ވެރިން މަގާމުން ވަކިކޮށްފި
ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަ ޖެނެރަލަކު ހަމަޖައްސައިފި
ކަންބޮޑުވުންތައް ވަގުތުން ހައްލުކުރުމުގެ އެންގުންތަކެއް!
ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމަން ސިފައިންނަށް
ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އެވްރެޖު އުމުރު މަތި
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް އިސްލާހުކުރާނަން: ނަސީމް
ތެލެސީމީ އަށް ހާއްސަ ޖަމިއްޔާއެއް އައްޑު އަށް
އުމުރަށްބަލައި ފަރުވާ ބަދަލުނުކުރާތީ ފުރާނައަށް ނުރައްކާ