ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އާތު އަވާ، މާދަމާ ރޭ ރާއްޖޭގައި ފާހަގަކުރަން ނިންމައިފި އެވެ.
21 މާޗް 2025
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އާތު އަވާ، މާދަމާ ރޭ ރާއްޖޭގައި ފާހަގަކުރަން ނިންމައިފި އެވެ.
އެންވަޔަރަނަމަންޓް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ރާއްޖޭގައި އާތު އަވާ ފާހަގަކުރުމުގައި އާންމުންނާއި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް އެދިފަ އެވެ.
އާތު އަވާ ފާހަގަކުރާނީ މާދަމާ ރޭ 9:45 އިން 10:45 އަށެވެ. އެ ވަގުތު ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ތަކެތި ނިއްވާލަން މިނިސްޓްރީން އެދެ އެވެ.
މިނިސްޓްރީން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި މާހައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ އެ މަސައްކަތަށް އެއްބާރުލުންދިނުމުގެ ގޮތުން އެކަމުގައި ބައިވެރިވާން ހުރިހާ ފަރާތްތަކުގެ ކިބައިން އެދިފަ އެވެ.
އެ ހަރަކާތަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރަން ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެކެވެ.
މިނިސްޓްރީން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުން ކަމަށެވެ.
އެހެންވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް 60 މިނެޓުގެ ވަގުތަށް 'ލައިޓް އައުޓް' ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަކި ވަކި ފަރުދުންނާއި އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމަށް ހިތްވަރު ދެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަކީ ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެހެންވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތުކަން ދަމަހައްޓާ، ގައުމީ ފެންވަރުގައި ކާމިޔާބު ހަރަކާތަކަށް ހެދުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ގޮވާލަ އެވެ.
ކުނި މެނޭޖުކުރުމާ ބެހޭ ގައުމީ ކޮންފަރެންސް ބާއްވަނީ
ރާއްޖޭގެ ކަނޑުފަޅުގެ ހިސާބު ބެލެހެއްޓުމަށް މަގުޗާޓެއް
ހައިވަކަރު ގަސްތައް، ގަސް ޕްރޮގްރާމްގެ ލޭންޑްމާކަކަށް
އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާކުރުމަށް "ތައްޔާރު"
ކަތުރުފަނީގެ މައްސަލަ ގޯސްވީ މަރާމާތު ކުރުން މަދުވުމުން
ހިމާޔަތްކޮށްފައިވާ ކޭލަކުނާއި ފަރުކޮޅުގައި ނޭޗަޕާކެއް
ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކުރަނީ
ފެހުރިހި ބަލަން ވަންނަ ދޯނީގައި ދިދަ ނަގަން ޖެހޭނެ
18ރަށުގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަނީ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް