މަތިކިޅި އިކޯގާޑެންގައި އޮންނަ ޗަސްބިމުގައި އިއްޔެ މެންދުރު ރޯވި އަލިފާނުގައި އެ ތަނުގެ "ގްރާސް ފީލްޑް" ގެ 60 ޕަސެންޓު އަނދާފައިވާ ކަމަށް ބެލެވޭ ކަމަށް އެ ތަން ބަލަހައްޓަމުން އަންނަ މަތިކިޅި ސޮސައިޓީން ބުނެފި އެވެ.
20 މާޗް 2025
މަތިކިޅި އިކޯގާޑެންގައި އޮންނަ ޗަސްބިމުގައި އިއްޔެ މެންދުރު ރޯވި އަލިފާނުގައި އެ ތަނުގެ "ގްރާސް ފީލްޑް" ގެ 60 ޕަސެންޓު އަނދާފައިވާ ކަމަށް ބެލެވޭ ކަމަށް އެ ތަން ބަލަހައްޓަމުން އަންނަ މަތިކިޅި ސޮސައިޓީން ބުނެފި އެވެ.
އެ ސަރަހައްދުގައި އަލިފާން ރޯވި ކަމަށް ރިޕޯޓުކުރީ އިއްޔެ ހެނދުނު 11:45 ހާއިރު އެވެ. އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 10:30 ހާއިރު އެވެ.
މަތިކިޅި ސޮސައިޓީން ބުނީ ގާތްގަޑަކަށް ހަ މަސް ތެރޭ ގްރާސް ފީލްޑު ރިކަވާވި ނަމަމަވެސް "ކަނޑޮފިށި ހައި ވެޖެޓޭޝަން ލައިން" ރިކަވާ ވުމަށް އަހަރުތަކެއް ނަގާނެ ކަމަށެވެ.
އައްޑޫ، މީދޫގެ އިކޯގާޑަންގައި ރޯވެފައި.-- ފޮޓޯ: މަތިކިޅީ ސޮސައިޓީ
އެ ޖަމިއްޔާއިން ބުނީ އެތަނުގައި ބޯކޮށް ހެދިފައިވާ މާކަށިކެޔޮ ގަސްތަކާއި ދިއްގާ ގަސްތަކަކީ އެތައް އަހަރެއް ވެފައިވާ ގަސްތަކެއް ކަމަށާއި ކަނޑޮފިށި ހައި ވެޖެޓޭޝަން ލައިން އަކީ މާކާނާ އާއި ރާބޮނދި ފަދަ ދޫނިތަކުގެ ސެންކުޗަރީއެއް ކަމަށް ބުނެފައިވެ އެވެ. އެއީ މޫސުމީ ގޮތުން ހިޖުރަކުރާ ބައެއް ދޫނިތަކުގެ ވަގުތީ މަރުކަޒެއް ކަމަށާއި އަލިފާނުގެ ހާދިސާގައި އެ ދޫނިތަކުގެ މާހައުލު ވެސް އަހަރު ތަކަކަށް ގެއްލިގެން ދިޔައީ ކަމަށް ބުންޏެވެ.
އިއްޔެގެ އަލިފާނުގެ ހާދިސާ އަކީ މިދިޔަ 15 އަހަރު އެ ތަނަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ވެސް މަތިކިޅީ ސޮސައިޓީން ބުންޏެވެ.
މީގެ ކުރިން ވެސް އަލިފާން ރޯވެފައިވާ ސަރަހައްދުގައި އިއްޔެ ރޯވީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.
އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑަށް 8 ލައްކަ ރުފިޔާ
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!
އަންނަ ހަފްތާ އައްޑޫ ގޯތިތައް ދޭން ފަށަނީ
އައްޑޫ ބްރިޖު އެޅޭނީ ރައީސް މުއިއްޒަށް: ނިޒާރު
"އައްޑޫ ބްރިޖުގެ މަސައްކަތް މި ދައުރުގައި ނިންމާނަން"
އައްޑޫ ބްރިޖު އަޅައި އަމަލުން ދައްކާނަން: ރައީސް
އައްޑޫ ބްރިޖު އަޅަން މިސްރުގެ ކުންފުންޏަކަށް ދެނީ
ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން