މަހުޖަނު އީލޮން މަސްކުގެ ބެލުމުގެ ދަށުން ހިންގާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) އިން އެމެރިކާގެ އެހީގެ މައި އިދާރާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ބަންދުކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާލަން ފެޑެރަލް ކޯޓަކުން އަންގާރަ ދުވަހު އަމުރުކޮށްފި އެވެ.
މަހުޖަނު އީލޮން މަސްކުގެ ބެލުމުގެ ދަށުން ހިންގާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) އިން އެމެރިކާގެ އެހީގެ މައި އިދާރާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ބަންދުކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާލަން ފެޑެރަލް ކޯޓަކުން އަންގާރަ ދުވަހު އަމުރުކޮށްފި އެވެ.
ފަނޑިޔާރު ތިއޯޑޯ ޗުއާންގް ވިދާޅުވީ ޔޫއެސްއެއިޑް އުވާލުމަކީ އެމެރިކާގެ ގާނޫނުއަސާސީއާ އެތައް ގޮތަކުން ހިލާފު ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
ޗުއާންގް މިގޮތަށް ނިންމެވީ އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ހަރަދާއި ވަޒީފާތައް މަދުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހަވާލުކުރެއްވި މަސްކުގެ ގާނޫނީ ބާރުތަކާ މެދު ސުވާލު އުފައްދައި ޔޫއެސްއެއިޑްގެ މިހާރުގެ އަދި ކުރީގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އަދި އެމެރިކާގެ ގާނޫނުއަސާސީގެ އެޕޮއިންޓްމެންޓް ކްލޯޒްގެ ދަށުން މަސްކްގެ ބާރު ބޭނުން ކުރުމަށްޓަކައި ސެނެޓުން އެކަން ކަށަވަރު ކުރަން ޖެހޭ ކަމަށް، އެ މައްސަލަ ހުށަހެޅި މީހުން ވަނީ ބުނެފަ އެވެ.
ޖެނުއަރީ މަހުން ފެށިގެން ގިނަ މުވައްޒަފުންތަކެއް ޗުއްޓީއަށް ފޮނުވާލައި ނުވަތަ ވަޒީފާއިން ވަކިކޮށްފައިވާ ޔޫއެސްއެއިޑް ބަންދުކުރާނީ ކޮން އިރަކު އަދި ކިހިނެއްތޯ ކަނޑައެޅުމުގެ ބާރު ކޮންގްރެސްއަށް ލިބިގެންވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މި އެޖެންސީ އަކީ 1961 ވަނަ އަހަރު ކޮންގްރެސް އިން އުފެއްދި އެޖެންސީއެކެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ ފޯރުކޮށްދޭ ޔޫއެސްއެއިޑްގެ 83 ޕަސެންޓް ޕްރޮގްރާމްތައް އެމެރިކާއިން ކެންސަލް ކުރަމުން އަންނަ ކަމަށެވެ. އަދި ގާތްގަނޑަކަށް 120 ގައުމެއްގައި ސިއްހީ އަދި އިމަޖެންސީ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ފަނޑިޔާރުގެ މި ނިންމެވުމަކީ ޓްރަމްޕްގެ ޚަރަދު ކުޑަކުރުމާއި ސަރުކާރުގެ މުވައްޒަފުން މަދުކުރުމުގެ ހަރަކާތަށް އެންމެ ފަހުން ކުރިމަތިވި ގާނޫނީ ހުރަހެވެ. އެހެން ފަނޑިޔާރަކު ދާދި ފަހުން ވަނީ މަސްކްގެ ޑޮޖުން ވަޒީފާއިން ވަކިކުރި އެތައް ހާސް ޕްރޮބޭޝަނަރީ މަސައްކަތްތެރިންތަކެއް ގިނަ އެޖެންސީތަކުގައި އަލުން ވަޒީފާއަށް ނެރުމަށް އަމުރު ކުރައްވައިފަ އެވެ.
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
މަސްކަށް ތާއީދު ދެއްކުމަށް ޓްރަމްޕް ޓެސްލާއެއް ގަނެފި
ޔޫއެސްއެއިޑްގެ ޕްރޮގްރާމްތަކުން 83 ޕަސެންޓް ހުއްޓާލަނީ
ޓްރަމްޕުގެ ބޮޑު ނިންމުމެއް ސުޕްރީމް ކޯޓުން ހުއްޓުވައިފި
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް