Roadha Mihaaru

ވޯކް ވިސާގައި ތިބެ ހަށިވިއްކި ދެ މީހަކު ޑީޕޯޓުކޮށްފި

ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިޔަ ދެ އަންހެނަކު ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާ ގުޅިގެން ޑީޕޯޓުކޮށްފި އެވެ.

ވޯކް ވިސާގައި ތިބެ ހަށިވިއްކި ދެ މީހަކު ޑީޕޯޓުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 މާޗް 2025

ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިޔަ ދެ އަންހެނަކު ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާ ގުޅިގެން ޑީޕޯޓުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކުރީ ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ މައްސަލައެއްގައި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ވިއެޓްނާމުގެ 44 އަހަރުގެ އަންހެނަކާއި އެ ގައުމުގެ 38 އަހަރުގެ އަންހެން މީހާ މިހާރު ވަނީ ޑީޕޯޓުކޮށްފަ އެވެ.

އެ މައްސަލާގައި ދެން ހައްޔަރުކުރި ލާއޯސްގެ 37 އަހަރުގެ އަންހެނެކެވެ. އެ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މީގެ ކުރިން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ވެސް ވަނީ ބަޔަކު ހައްޔަރުކޮށް ޑީޕޯޓުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި، އެކި މައްސަލަތަކުގައި މިހާތަނަށް 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.