ހަނިމާދޫގައި 40،000 އަކަފޫޓުގެ ބިމެއްގައި ސިޓީ ހޮޓަލެއް އަޅަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އޯސަމް ޕްރޮޕާޓީޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
15 މާޗް 2025
ހަނިމާދޫގައި 40،000 އަކަފޫޓުގެ ބިމެއްގައި ސިޓީ ހޮޓަލެއް އަޅަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އޯސަމް ޕްރޮޕާޓީޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރި މި ޕްރޮޖެކްޓް އޯސަމް ޕްރޮޕަޓީޒް އިން ހިންގާނީ ޗައިނާގެ ބަޔަކާ ގުޅިގެންނެވެ.
އެ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ، އެ ބިން ހަވާލުކުރީ ކޮންމެ ކުއާޓާ އަކު 56،000 ޑޮލަރު (863،520 ރުފިޔާ) ލިބޭ ގޮތަށް ކަމަށެވެ. އެހެންވެ އެއީ އަހަރަކަށް 224،000 ޑޮލަރު (3.5 މިލިއަން ރުފިޔާ) އެވެ. އޭނާ ވިދާޅުވީ، އެ ޕްރޮޖެކްޓްގައި ސޮއިކުރީ އެއް އަހަރުގެ ކުލި އެޑްވާންސްކޮށް ދެއްކުމުން ކަމަށާއި ދެން ކުރިއަށް އޮތް ކޮންމެ ކުއާޓަާ އެކު ވެސް އެ ކައުންސިލަށް ކުލި ޖަމާވަމުން އަންނާނެ ކަމަށެވެ.
ހަނިމާދޫގެ 40،000 އަކަފޫޓުގެ ބިމެއްގައި ސިޓީ ހޮޓަލެއް އެޅުމަށް ހަނިމާދޫ ކައުންސިލުން ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު (ކ) އޯސަމް ޕްރޮޕަޓީޒްގެ ފަރާތުން އެއްބަސްވުމާ ހަވާލުވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ހަނިމާދޫ ކައުންސިލް
"ދެ އަހަރު ތެރޭގައި ޑިވަލޮޕްކުރާގޮތަށް. ހަ މަސް ތެރޭގައި އެބޭފުޅުން ޖެހޭނެ ކުރެހުން ހުށަހަޅަން. ސީދާ ކޮންސެޕްޓް އެހެންވީމަ ބުނާކަށް ނޭނގެ. އެކަމަކު އެބޭފުޅުންގެ ވިސްނުން ހުރީ ވީހާ ވެސް މައްޗަށް ނަގައިގެން ބެޑް އިތުރު ކުރަން،" އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ 50 އަހަރަށް ހަވާލުކުރި މި ބިމުގައި ކުރާ މި މަސައްކަތަކީ ރަށުގައި ހިންގާނެ އެންމެ ބޮޑު ޓޫރިޒަމް ޕްރޮޖެކްޓަށް ވާނެ ކަމަށެވެ.
އެރަށުގައި މިހާރު ވެސް ބެއާފޫޓްގެ ނަމުގައި ވެސް ސިޓީ ހޮޓެލްއެއް ހިންގަ އެވެ. ދެލައްކައެއްހާ އަކަފޫޓުގެ އެ ބިމުން ކައުންސިލަށް ލިބެނީ ލައްކައެއްހާ ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު އެރަށު ކައުންސިލުން ވަނީ 5،000 އަކަފޫޓުގެ 14 ބިމަކާއި 10،000 އަކަފޫޓުގެ ހަތަރު ބިމެއް ޓޫރިޒަމަށް ހުޅުވާލައިފަ އެވެ. އެ ބިންތަކަށް 70 ޕާޓީން ޝައުގުވެރިކަން ފާޅުކުރި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
ޓޫރިޒަމްގެ ބޭނުމަށް ހަނިމާދޫން 14 ބިން ކުއްޔަށް ދެނީ
ރެޑްސީ ކުންފުނީގެ އެޑްވައިޒަރީ ބޯޑަށް ވަހީދު
ރެޑްސީ ޕްރޮޖެކްޓުން ރާއްޖެއަށް ގެއްލުމެއް ނެތް: ވަހީދު
ސިޓީ ހޮޓާ: ލޯކަލް ޓޫރިޒަމްތަ؟ ނޫނީ ބިން ފޭރުންތަ؟
އެންމެ އުތުރަށް ލަންކާގެ ދަތުރު މުހިންމުވެފައި!
ހާތިމް މި ނުކުތީ ރިނބުދޫ ފަޅުވިޔަނުދީ ދިރުން ގެންނަން
ސްޕޯޓްސް ފިޝިންގެ އެމްބެސެޑަރަކަށް "ފްލައި" ނަވާރޯ
ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ދެގުނަ އިތުރު
ފޮއްތެޔޮ ފަޅާ ގުޅޭ ދައުވާ ކޯޓުން ކުރިއަށް ނުގެންދިޔަ
އައްޑޫ އެއާޕޯޓުގެ މަގަށް ބޭނުންވާ ބިން ހޯދަން ކޯޓަށް